ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ އިސްލާހު މާދަމާ މަޖިލީޖަށް ފޮނުއްވަނީ

Mon, 21 Oct 2024 11:35 PM

View on this article on Adhives Online

ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ އިސްލާހު މާދަމާ މަޖިލީޖަށް ފޮނުއްވަނީ

‏23:30



ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ އިސްލާހު މާދަމާ މަޖިލީޖަށް ފޮނުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

"ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައި،" އެކްސްގައި ރައީސް މިރޭ ވިދާޅުވިއެވެ.

"މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ."

The post ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ އިސްލާހު މާދަމާ މަޖިލީޖަށް ފޮނުއްވަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online