އިސްކޮޅުން އެންމެ ކުރު އަންހެންމީހާ އުފުލައިލުމުން ހޫނުފެނަށް

Tue, 25 Jun 2024 08:37 AM

View on this article on Adhives Online

އިސްކޮޅުން އެންމެ ކުރު އަންހެންމީހާ އުފުލައިލުމުން ހޫނުފެނަށް

ރެސްލް ކުރާ "ދަ ގްރޭޓް ކާލީ" ވަނަމަކަށް ކިޔާ އިންޑިއާގެ ރެސްލް ކުރާ މީހާ ދުނިޔޭގެ އެންމެ ކުރު އަންހެންމީހާ އެއް އަތުން އުފުލައިލައިގެން ގެންގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.



ކާލީގެ އަސްލު ނަމަކީ ދަލިޕް ސިންގް ރަނާއެވެ. އޭނާއަކީ ވޯލްޑް ރެސްލިން އެންޓަޓެއިންމަންޓް (ޑަބްލިޔު.ޑަބްލިޔު.އީ)ގައި ވާދަކުރި ފުރަތަމަ އިންޑިއާ މީހާއެވެ.

ރަނާގެ އިންސްޓަގްރާމަށް ލާފައިވާ 134 މިލިއަން ވިއުސް ލިބުނު ވީޑިއޯއިން ފެންނަނީ ދުނިޔޭގެ އެންމެ ކުރު އަންހެންމީހާ ކަމަށްވާ އުމުރުން 30 އަހަރުގެ ޖަޔޯތީ އަމްގޭ، ރަނާ އެއްއަތުން އުފުއްލައިލައި މަންޒަރެވެ. އެއަށް ފަހު ޖަޔޯތީ ރަނާގެ އުނގުގައި ބައިންދައިލައެވެ.

ރަނާގެ މި އަމަލާ މެދު ހިތްހަމަނުޖެހުނު މީހުން ސުވާލުކޮށްފައިވަނީ އުމުރުން 30 އަހަރުގެ އަންހެނަކާ ދޭތެރޭ މި ގޮތަށް ކަންތައް ކުރުން މިއީ ރަނގަޅު ކަމެއްތޯއެވެ.

"ހީވަނީ ޖަޔޯތީއަކީ ރަނާ ގެންގުޅޭ ކުޅޭކުޅޭ އެއްޗެއްހެން،" ޝްރޫތީ ގިރީ ކިޔާ މީހަކު މި ވީޑިއޯއަށް ކޮމެންޓްކޮށްފައިވެއެވެ.

ދުނިޔޭގެ އެންމެ ކުރު އަންހެންމީހާގެ ރެކޯޑު ޖަޔޯތީއަށް ލިބުނީ 2011 ވަނަ އަހަރުއެވެ. އެއީ ދުނިޔޭގެ ރެކޯޑު ބަލަހައްޓާ ޖަމާއަތް ކަމަށްވާ ގިނެސްއިން އެ ގޮތަށް ކަނޑައެޅުމުންނެވެ. ޖަޔޯތީ އިސްކޮޅުން ކުރުވުމަށް ދިމާވީ "އެކޮންޑްރޮޕްލޭސިއާ" ކިޔާ ސިއްހީ ހާލަތެއް މެދުވެރިވުމުންނެވެ.

މަހަރަޝްތުރާ ސްޓޭޓަށް 1993 ވަނަ އަހަރު އުފަންވި ޖަޔޯތީގެ އިސްކޮޅަކީ ދެ ފޫޓު 0.6 އިންޗިއެވެ. އޭނާވަނީ އިންޑިއާގެ ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް"ގައާއި "އެމެރިކަން ހޮރޯ ސްޓޯރީ"ގެ ހަތަރު ވަނަ ސީޒަންގައި ބައިވެރިވެފައެވެ.

ޑަބްލިޔު.ޑަބްލިޔު.އީ.ގެ ވެބްސައިޓުގައި ބުނާ ގޮތުން އުމުރުން 51 އަހަރުގެ ރަނާގެ އިސްކޮޅަކީ ހަތް ފޫޓު އެއް އިންޗިއެވެ.

 



More from Adhives Online