ބައި ލައްކަ ރުފިޔާގެ އިނާމާއެކު "އެސްޓީއޯ ޔޫރޯ ފޯރި 2024″

Thu, 13 Jun 2024 07:18 PM

View on this article on Adhives Online

ބައި ލައްކަ ރުފިޔާގެ އިނާމާއެކު "އެސްޓީއޯ ޔޫރޯ ފޯރި 2024″

އިނާމަކަށް ބައި ލައްކަ ރުފިޔާ ހުށަހެޅިފައިވާ "އެސްޓީއޯ ޔޫރޯ ފޯރި 2024″ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.



މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 14 އަށް ކުރިއަށްދާ، އެއް މަސް ދުވަހުގެ ޕްރޮމޯޝަން ކުރިއަށް ދާނީ މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގައެވެ.

ޔޫރޯގެ މެޗުތައް ހަމަޖެހިގެން ބަލައިލަން ބޭނުންވާ މީހުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހިމެނެނީ ފިލިޕްސް ބްރޭންޑްގެ ޓީވީ އާއި ހޯމް ތިއޭޓަރ ސިސްޓަމާއި ހެޑްފޯން ސެޓާއި ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރެވެ.

މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ އެއްޗަކުން ވެސް %15 އާ ހަމައަށް ޑިސްކައުންޓް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

"ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ. ގުރުއަތުން ހޮވޭ ފަރާތަކަށް 50,000ރ.ގެ އިނާމު ލިބޭނެ،" އެސްޓީއޯ އިން ބުންޏެވެ.

މީގެ އިތުރުން، މާދަމާ، މުބާރާތް ފެށުމާއެކު ކޮންމެ މެޗެއްގެ ނަތީޖާ ދިމާކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަތީޖާ ދިމާކޮށްގެން އެންމެ ގިނަ ޕޮއިންޓް ހޯދާ މީހުންނަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ.

ނަތީޖާ ދިމާކުރުމުން ލިބޭ އިނާމުތައް

  • ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް: ހޯމް ތިއޭޓަރ ސިސްޓަމެއް.
  • ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް: 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް.
  • ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް: 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް.
  • ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ މީހަކަށް: 65 އިންޗީގެ ޓީވީއެއް.
  • ކޮންމެ ބުރެއްގައިވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ މީހެއް ހޮވާނީ ގުރުއަތުން.

 

The post ބައި ލައްކަ ރުފިޔާގެ އިނާމާއެކު "އެސްޓީއޯ ޔޫރޯ ފޯރި 2024" first appeared on އަދިވެސް އޮންލައިން.



More from Adhives Online