ޝާޑުގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ

Sat, 27 Apr 2024 05:37 PM

View on this article on adduLive

ޝާޑުގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ގޮނޑި މުހައްމަދު ޝާހިދު (ޝާޑު) ކާމިޔާބު ކުރުމާ ގުޅިގެން ހުޅުދޫގައި މިރޭ ހަވާ އެރުވުމަށް ނިންމައިފި އެވެ.



ޝާޑުގެ ކާމިޔާބީ ފާހަގަކުރަން ބާއްވާ ހަފްލާ އޮންނާނީ މިރޭ 9 ޖަހާއިރު ހުޅުދޫ ބޮޑު މަގުކޮޅުގަ އެވެ.

އިންތިހާބުން ލިބުނު ކާމިޔާބީއަށް ފަހު ޝާޑު އިއްޔެ ހަވީރު ހުޅުދޫ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

ހުޅުދޫ ދާއިރާ 2014 އިން 2019 ވަނަ އަހަރާއި ހަމައަށް ތަމްސީލު ކުރެއްވި ޝާޑު މިފަހަރު އިންތިހާބު ކާމިޔާބު ކުރެއްވީ 1183 ވޯޓުންނެވެ. ޝާޑުއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ސާމިއު އަންވަރަށް ލިބުނީ 915 ވޯޓެވެ.

ޝާޑު މިފަހަރު މަޖިލީހަށް ވާދަކުރެއްވީ ދާއިރާގެ އެތައް ބައެއްގެ އެދުމުގެ މަތިންނެވެ. ޕީޕީއެމްގެ ވެރިކަމުގެ 5 އަހަރަކީ ޝާޑުގެ މަޖްލިސް މެމްބަރު ކަމުގައި ހުޅުދޫ ބަދަލުކޮށްލި 5 އަހަރެވެ.

ރަށުގައި ވަޒީފާ އުފައްދައި, ރަށް ދޫކޮށް ހިޖްރަ ކުރި އެތައް ބަޔަކު އެ ފަސް އަހަރުގައި އެނބުރި ރަށައް ބަދަލުވީ ޝާޑު ހުޅުދޫއަށް ގެނެސްދެއްވި ތަރައްޤީއިންނެވެ.

The post ޝާޑުގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ appeared first on adduLIVE.



More from adduLive