އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

Thu, 09 May 2024 11:24 PM

View on this article on adduLive

އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އޭޕްރީލް/މޭއި އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.



މިއަދު ހެނދުނުގެ ވަގުތެއްގައި މައްކާ އަށް ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ފަރީދާ އާދަމް އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވީ މަރްހޫމާގެ ޖަނާޒާގެ ކަންތައް ހަމަޖެެއްސުމަށްޓަކާ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދެމުންދާ ކަމަށެވެ.

މިކަމުގައި ކުންފުނީގެ ހީވާގި މުވައްޒަފުންނާއި ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބޭ ހޮޓަލުގެ މުވައްޒަފުންނާއި ސަޢުދީގައި ޤާއިމް ކުރެވިފައިވާ ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ޝަކީލު ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި މަރޫހޫމާގެ ޢާއިލާއަށް ކުރިމަތިވި މި ހިތާމައިގައި މި ދަތުރުގައި ބައިވެރިވި ހުރިހާ ޢުމްރާވެރީންގެ ނަމުގައި އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންގެ ގެ ނަމުގައި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ،" ޝަކީލު ވިދާޅުވި އެވެ.

The post އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ appeared first on adduLIVE.



More from adduLive