ހުޅުމާލެ އިން ބިން ގަންނަން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި

Thu, 09 May 2024 07:49 PM

View on this article on adduLive

ހުޅުމާލެ އިން ބިން ގަންނަން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ގަންނަން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.



އެޗްޑީސީން ބުނީ ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ބީޗްސައިޑުން 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1864-2408 އަކަފޫޓު ކަމަށް އެ އިއުލާނުގައިވެ އެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތައް:

މަރުހަލާ 1: ޕޯޓަލް މެދުވެރިކޮށް ޝައުރުވެރިލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން

މަރުހަލާ 2: އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރުން

ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ. އެޗްޑީސީން ވަނީ ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށް ބުނެފަ އެވެ.

The post ހުޅުމާލެ އިން ބިން ގަންނަން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި appeared first on adduLIVE.



More from adduLive