ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުން މިރޭ ޑްރަގް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ހަތް ފިރިހެނުންނާއި އަންހެނެއް ކަމަށްވާއިރު، މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
The post ހުޅުމާލޭގައި ޑްރަގް އޮޕަރޭޝަނެއް، 8 މީހަކު ހައްޔަރުކޮށްފި appeared first on adduLIVE.