އިސްލާމީ ގިއުގަނޑުގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ

Sat, 27 Apr 2024 05:22 PM

View on this article on adduLive

އިސްލާމީ ގިއުގަނޑުގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ

ކޮންމެ ކުއްޖަކީވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފި އެވެ.



މެޑަމް ސާޖިދާ މިކަމަށް އިލްތިމާސްކުރެއްވީ ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދަސްވެނިވުނު ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މިއަދު ހެނދުނު އިސްލާމިކް މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި އެ ޖަލްސާގައިި މެޑަމް ސާޖިދާ ވަނީ ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ. ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ހާއްސަ ކުރެހުމެއް އެކަމަނާއަށް އެރުވި އެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަލް ސާޖިދާ ވަނީ ދަރިވަރުންނަށް އިތުރަށް ކިޔެވުމަށް ބާރުއަޅުއްވާފަ އެވެ. އަދި ކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުންނާއި، ބެލެނިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ހާއްސަ ޝުކުރެއް ދެންނެވި އެވެ. ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރަން ވާނެ ކަމަށާއި، ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރަން ވާނެ ކަމަށް ވިދާޅުވި އެވެ.

ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށާއި ކުދިންގެ ހިތުގައި ގުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް މެޑަމް ސާޖިދާ އެދިވަޑައިގެންނެވި އެވެ.

ޗައިމްސް ޕްރީސްކޫލްގައި މިހާރު 117 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެ އެވެ.

The post އިސްލާމީ ގިއުގަނޑުގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ appeared first on adduLIVE.



More from adduLive