ހޮވިއްޖެ ނަމަ ތުހުމަތުކަށް އިންކުއަރީއަކަށް ގޮވާލާނަން

Fri, 19 Apr 2024 10:24 AM

View on this article on adduLive

ހޮވިއްޖެ ނަމަ ތުހުމަތުކަށް އިންކުއަރީއަކަށް ގޮވާލާނަން

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފި ނަމަ އޭނަގެ މައްޗަށް ކުރެވޭޖ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ އިންކުއަރީއެއް ހެދުމަށް އަމިއްލަ ގޮތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވިދާޅުވެއްޖެ އެވެ.



ކުޅުދުއްފުށީގައި ރޭ "ވަތަނީ ބާރާއި ހައްގުވި މިންވަރު" ގެ ނަމުގައި އޭނަ ބޭއްވި ޖަލްސާގައި ވިދާޅުވީ މި ސަރުކާރުން އެންމެ ޖެހިލުންވާ އެކަކީ އޭނަކަން ވޭތުވެދިޔަ ދެތިން ހަފުތާގައި ކުރިޔަށް ގެންދިޔަ އެންޓި-ކެމްޕޭންތަކުން ސާފުވެއްޖެ ކަމަށެވެ. އަދި ތުހުމަތުތައް ސާފުވާން ޖެހޭ ކަމަށާއި އަބަދު ދޮގު ހެދުމުގެ ޖާގަ ނުދޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑަށް ކެރޭނެ ކުރިމަތިލާން. މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ އަޅުގަނޑުމެން މީހުން ފަހަތުން ގަދަކަމުން ދާކަށް ނުޖެހޭނެ. މިއީ ޝާއިރުން، ލޯބި ހޯދަން އެނގޭ، ލޯބިން މިގޮނޑިވެސް ކަމިޔާބުކުރާނެ މީހުން،" އޭނަ ވިދާޅުިވި އެވެ. އެހެންވީމަ ދޮގު ބުހުތާން ދޮގުގައި ތާއަބަދު ތިގޮތަށް އެއްޗެހި ގޮވުމުގެ ޖާގައެއް އަޅުގަނޑުމެން ނުދޭނަން. އަޅުގަނޑު ގޮވާލަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިހާރު އެބައޮތް އަޅުގަނޑަށް އެންޓި ކެމްޕެއިން ކުރުމުގެ ގޮތުން އަޅުގަނޑުގެ މައްޗަށް ހިންގުނު ތަހުގީގުގެ 554 ސަފްހާ ނެރެފައި. އިންސާނާއަށް ދެއްވި އެންމެ އަގު ބޮޑު ނިއުމަތަކީ ބުއްދި."

ކުރިން ތޮއްޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ ވަހީދު ވިދާޅުވީ ލީކުކޮށްލާފައިވާ ތަހުގީގު ރިޕޯޓްތަކުން ތުހުމަތުކުރާ 13 މީހުންގެ ނަން ދައްކައިފި ކަމަށްވާ ނަމަވެސް ވޯޓު ލުމުގެ ކުރިން އޭނާގެ ނަން އަނބުރާ ނަންގަވައިފާނެ ކަމަށެވެ.

"އެ ވިދާޅުވާކަމަށް ބުނާ ތޭރަ މީހުންގެ ތެރެއިން އެންމެ މީހަކުވެސް އެ 554 ޞަފްހާއިން އެއިން ތާކަށް ދިޔަތޯ ދައްކާލިއަސް އަޅުގަނޑު ނަން އަނބުރާ ނަގާފައި ގެއަށް އަނބުރާ ވަންނާނަން. އެހެންވީމަ ލައްކަ ދުވަހު އެއްޗެއް ނުދަންނަވާ އަޅުގަނޑު މަޑުކޮށްލައިގެން ހުރެފިން،" އަލީ ވަހީީދު ވިދާޅުވި އެވެ. "މީހުން ނެތް ތަނެއްގައި ވީކަމެއްކަމަށް ބުނާ ކަމެއް ދުނިޔޭގައި ބެލޭނެ ހަމައެކަނި ގޮތަކީ ޑީއެންއޭ. އެ ތަހުގީގު ރިޕޯޓްގައި އޮންނާނެ އަޅުގަނޑު އުޅުނުތަނެއްވިޔަސް އެތާކުން ނެގި އިސްތަށިތައް ނަގައިގެން ކުރި ތަހުގީގުން އެންމެ އިސްތައްޓެއް ހާ ހިސަބު ވެސް އަޅުގަނޑު މައްޗަށް ތުހުމަތު ނުކުރެވޭ ވަރަށް ސާފުކޮށް އޮތް މައްސަލައެއް މިއީ."

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް އެ މިނިސްޓްރީގައި މަސައްކަތްކުރި އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަލީ ވަހީދުގެ މައްޗަށް ކުރެވުނީ 2021 ގަ އެވެ.

The post ހޮވިއްޖެ ނަމަ ތުހުމަތުކަށް އިންކުއަރީއަކަށް ގޮވާލާނަން appeared first on adduLIVE.



More from adduLive