އަންނަ މަހު ވެސް ބިލު ބޮޑުވާނެ ކަމަށް ބެލެވޭ

Thu, 02 May 2024 06:01 AM

View on this article on adduLive

އަންނަ މަހު ވެސް ބިލު ބޮޑުވާނެ ކަމަށް ބެލެވޭ

އަންނަ މަހު ވެސް ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.



ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފަހުމީ ވިދާޅުވީ ކޮންމެ ހޫނު މޫސުމެއްގައި ވެސް ކަރަންޓު ބިލު ބޮޑުވާ ކަމަށާއި މީގެ ކުރީގެ އަހަރުތަކުގައި ވެސް މިކަން ހަމަ މިގޮތަށް ހިނގާފައި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުން ވެސް، އަދި މި މަހު އެކަންޏެއް ނޫން، މި އަންނަ މަހު ވެސް އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާ ގޮތުން ކަރަންޓު ބިލު ބޮޑުވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު އެހެން އަހަރުތަކާ ހިލާފަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އެ ބިލު ބޮޑުވީ ސްޓެލްކޯ އިން ކަމެއް ކޮށްގެން ނޫން ކަމަށެވެ. ކަރަންޓު ބިލު ބޮޑުވެގެން އުޅެނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި ރާއްޖޭގެ މިފަހުގެ ތާރީހެއްގައި އެންމެ ހޫނު ގަދަވީ މިދިޔަ މަހާއި މި މަހު ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

މީގެ ހައްލަކީ ކަރަންޓު އިގްތިސާދު ކުރުން ކަމަށާއި އެކަން އެގޮތަށް ނުކޮށް ކަރަންޓު ބިލު ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

The post އަންނަ މަހު ވެސް ބިލު ބޮޑުވާނެ ކަމަށް ބެލެވޭ appeared first on adduLIVE.



More from adduLive