އެމްޑީޕީ އަނބުރާ ވެރިކަމަށް ގެންނާނަން: ޝާހިދު

Thu, 02 May 2024 06:02 AM

View on this article on adduLive

އެމްޑީޕީ އަނބުރާ ވެރިކަމަށް ގެންނާނަން: ޝާހިދު

އެމްޑީޕީ އަނބުރާ ވެރިކަމަށް ގެންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.



ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ރޭ ބޭއްވިއިރު، އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވި ބޭފުޅުންނަކީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫން ކަމަށާއި ލީޑަޝިޕް އޮންނާނީ ސާބިތުކަމާ އެކީ އާންމު މެމްބަރުން ހަވާލުކުރި އަމާނާތަށް ވަފާތެރިކަން މަތީގައި ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެވިއްޔާ އަދި އެމްޑީޕީ އަނބުރާ ވެރިކަމަށް ވެސް ގެންނާނަން. އަދި އިރާދަކުރެވިއްޔާ އެމްޑީޕީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގާތަން ވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފެނިގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕް ނިކުމެ ތިބީ އެއް އިންތިހާބުން ބަލިވުމުން އުޑު ބޮލަށް ވެއްޓުނީ ކަމަށް ހީކޮށް، ފިލާގޮތަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ލީޑަޝިޕް އޮތީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދައިދޭން ނިކަން ކެރިގެން ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސަބަބު ހޯދަން ދިރާސާއެއް ހެދުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ.

The post އެމްޑީޕީ އަނބުރާ ވެރިކަމަށް ގެންނާނަން: ޝާހިދު appeared first on adduLIVE.



More from adduLive