ވިޔަވަތި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ޚާއްސަ ކުޅިވަރު ފެސްޓިވަލެއް

Sun, 11 Sep 2022 06:14 AM

View on this article on Voice.mv

ވިޔަވަތި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ޚާއްސަ ކުޅިވަރު ފެސްޓިވަލެއް

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ކުޅިވަރު ފެސްޓިވަލެއް ބާއްވައިފިއެވެ.

މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ބާއްވާފައި ވަނީ މިއަދު ހަވީރު، ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައެވެ.

މި ކުޅިވަރު ފެސްޓިވަލްގެ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ޙަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެލްޖީއޭގެ މެމްބަރުންނާއި، އައި.އާރް.އައިގެ އޮފިޝަލުންނާއި، ޔޫއެންޑީޕީގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކަމާއިގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި، ކައުންސިލްތަކުގެ މެމްބަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތަކުގެ ތެރޭގައި، ބީޗް ވޮލީއާއި، ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބޭއްވޭއިރު، މި ކޮންފަރެންސްގައި ބައިވެރިވަނީ، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

The post ވިޔަވަތި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ޚާއްސަ ކުޅިވަރު ފެސްޓިވަލެއް first appeared on Voice.mv.



More from Voice.mv