ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންފި

Sun, 11 Sep 2022 08:07 AM

View on this article on Voice.mv

ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންފި

ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް އިނގިރޭސިވިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގެންފިއެވެ.

ލަންޑަންގެ ސެއިންޓް ޖޭމްސް ގަނޑުވަރުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސްއާއި ރަސްމީކޮށް ރަސްކަން ހަވާލުކުރައްވާފައިވަނީ އެސެޝަން ކައުންސިލް ގެ މެންބަރުންނެވެ.

މި ރަސްމިއްޔާތަކީ އިނގިރޭސި ރަސްކަމުގެ ދިގު ތާރީހުގައި ރަސްކަން ނުވަތަ ރަނިކަން ހަވާލުކުރުމަށް ބޭއްވެމުންދާ ތާރީހީ ރަސްމިއްޔާތެކެވެ. މިއީ މި ތާރީހީ ރަސްމިއްޔާތުން ދުރައް ދެއްކޭ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ރާނީ އެލިޒަބަތު ދެވަނަ، 1952 ވަނަ އަހަރު ރަނިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ދުނިޔެ އޮތީ ދުރަށް މަންޒަރު ދެއްކޭ ވަރަށް ތަރައްގީނުވެއެވެ.

ރަސްކަމާއި، ރަސްގެފާނު ޗާލްސް ތިންވަނަ ހަވާލުވެވަޑައިގެންފައިވާއިރު، މިހާތަނަށް ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ ބާއްވާ ދުވަހެއް މިހާތަނަށް ޝާހީ އާއިލާއިން ހާމަކޮށްފައެެއް ނުވެއެވެ.

އުމުރުން 73 އަހަރުގައި ރަސްގެފާނު ޗާލްސް ވެވަޑައިގެންފައިވަނީ މިހާތަނަށް އިނގިރޭސި ރަސްކަމާއި ހަވާލުވެވަޑައިގެން އެންމެ އުމުރުން ދޮށީ ފަރާތަށެވެ.

 

The post ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންފި first appeared on Voice.mv.



More from Voice.mv