ފުލުހުންނަށް ހަމަލާދިން ދެމީހުން ޝަރީއަށް ނިމެންދެން ބަންދަށް

Sun, 11 Sep 2022 06:15 AM

View on this article on Voice.mv

ފުލުހުންނަށް ހަމަލާދިން ދެމީހުން ޝަރީއަށް ނިމެންދެން ބަންދަށް

ހުކުރު ދުވަހު ހެނދުނު ފަތިބުރިއާއި ގަލުން ފުލުހުންނަށް ހަމަލާދިން ދެމީހުން ޝަރީއަށް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މައްސަލައިގައި ކުށުގެ ވެށިން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އަނިޔާވި ތިން ފުލުހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ  އުމުރުން 18 އަހަރާއި 20 އަހަރުގެ ދެމީހުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް ތިން ފުލުހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި އަނިޔާވި ތިން ފުލުހުންނަށް ޒިޔާރަތްކުރެއްވުމަށްފަހު ކޮމިޝަނާ  ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި ހަމަލާދީފައިވަނީ ހެންވޭރުގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށް ވިދާޅުވެ ގޭންގު ތަަކަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އެގޮތުން ރޭވިގެން ހިންގޭ ގޭންގުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގައި ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށް ކޮމިޝަނާ ހަމީދު ވަނީ ވިދާޅުވެފައެވެ.

The post ފުލުހުންނަށް ހަމަލާދިން ދެމީހުން ޝަރީއަށް ނިމެންދެން ބަންދަށް first appeared on Voice.mv.



More from Voice.mv