ވިޔަވަތި ކޮންފަރެންސް އަކީ ރައީސް ޞާލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ފުރިހަމަ މިސާލެއް: އިމްރާން

Sun, 11 Sep 2022 08:09 AM

View on this article on Voice.mv

ވިޔަވަތި ކޮންފަރެންސް އަކީ ރައީސް ޞާލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ފުރިހަމަ މިސާލެއް: އިމްރާން

ވިޔަވެތި ކޮންފަރެންސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެންގުޅުންވާ ލާމަރުކަޒީ ސިޔާސަތު ރަމްޒުކޮށްދޭ ފުރިހަމަ މިސާލެއް ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ލ.ގަމުގައި މިހާރު ފަށާފައިވާ " ވިޔަވަތި" ކޮންފަރެންސްގެ ހަތަރު ވަނަ ބައްދަލުވުމަށް އިޝާރާތް ކުރައްވައި މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ކޮންފަރެންސް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އަހައްމިއްޔަރު ދައްކުވައިދޭ ފުރިހަމަ މިސާލެއްކަމަށެވެ.

ވިޔަވަތި ކޮންފަރެންސްގައި މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވަނީ ދ، ތ، ލ، ގއ، ގދ، އަތޮޅުންނާއި ފުވައްމުލަކާއި އައްޑޫ ސިޓީންނެވެ. އޭނާ ވިދާޅުވީ މި ކޮންފަރެންސްގައި ވެސް އެ ރަށްރަށުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއެކު ގިނަ މަޝްވަރާކުރައްވާނެއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށް ބާއްވަމުން އަންނަ "ވިޔަވެތި" ކޮންފަރެންސްގައި ބައިވެރިވެޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙުވެސް ވަނީ ލ.އަތޮޅަށް ވަޑައިގެންފައެވެ.

The post ވިޔަވަތި ކޮންފަރެންސް އަކީ ރައީސް ޞާލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ފުރިހަމަ މިސާލެއް: އިމްރާން first appeared on Voice.mv.



More from Voice.mv