އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފަހު ދަތުރުގައި ޝާހިދު ގުޔާނާއަށް ވަޑައިގެންފި

Sun, 11 Sep 2022 09:02 AM

View on this article on Voice.mv

އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފަހު ދަތުރުގައި ޝާހިދު ގުޔާނާއަށް ވަޑައިގެންފި

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޢަބްދުﷲ ޝާހިދު ކުރައްވާ އެންމެ ފަހުގެ ދަތުރުފުޅުގައި ގުޔާނާއަށް ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ ޝާހިދު ގުޔާނާއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ގުޔާނާގެ ޚާރިޖީ ވަޒީރު ހަގް ޓޮޑްއާއި އެ ޤައުމުގައި ތިއްބަވާ އދގެ އިސް އޮފިޝަލުންނެވެ. މި ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޑރ.މުޙައްމަދު އިރުފާން ޢަލީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ގުޔާނާގައި ޙަރަކާތްތެރިވާ އދ.ގެ އޮފީހުގެ ޓީމާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އ.ދއިން ކުރަމުންދާ މަސައްކަތުގައި ގުޔާނާއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށްދާންހުރި ފުރުސަތުތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް މިނިސްޓރަ އަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖޫންމަހު ބޭއްވި އިންތިޚާބުގައި އ.ދގެ މެމްބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

The post އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފަހު ދަތުރުގައި ޝާހިދު ގުޔާނާއަށް ވަޑައިގެންފި first appeared on Voice.mv.



More from Voice.mv