ރާނީ އެލިޒަބަތުގެ ޖަނާޒާ މި މަހު 19 ގައި

Sun, 11 Sep 2022 06:14 AM

View on this article on Voice.mv

ރާނީ އެލިޒަބަތުގެ ޖަނާޒާ މި މަހު 19 ގައި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ދެވަނައިގެ ޖަނާޒާ މި މަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އިނގިރޭސި ޝާހީ އާއިލާއިން އިއުލާން ކޮށްފިއެވެ.

ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 19 ވަނަ ދުވަހު އެ ގައުމުގެ ގަޑިން ހެދުނު 11:00 ގައި ރާނީގެ ޖަނާޒާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެސްޓްމިންސްޓާ ޗާޗުގައެވެ.

ޝާހީ އާއިލާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިވަގުތު ސްކޮޓްލޭންޑުގެ އެޑިންބާހް ގައި އޮންނެވި ރާނީ އެލިޒަބަތުގެ ހަށިފުޅު މި މަހުގެ 13 ވަނަ ދުވަހު ލަންޑަނަށް ގެނެވޭނެއެވެ. އަދި މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެކަމަނާގެ މޫނުފުޅު ބެލުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

 

The post ރާނީ އެލިޒަބަތުގެ ޖަނާޒާ މި މަހު 19 ގައި first appeared on Voice.mv.



More from Voice.mv