އޭޝިޔާ ސަރަހައްދުގައި ބިދޭސީ މަސައްކަތްތެރިން އެންމެ ގިނައީ ރާއްޖޭގައި

Sat, 10 Sep 2022 05:20 PM

View on this article on Voice.mv

އޭޝިޔާ ސަރަހައްދުގައި ބިދޭސީ މަސައްކަތްތެރިން އެންމެ ގިނައީ ރާއްޖޭގައި

އޭޝިއާ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން އެންމެ ގިނައީ ރާއްޖޭގައި ކަމަށް ދުނީޔޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބިދޭސީ މަސައްކަތްތެރީން އެންމެ ގިނައީ ރާއްޖޭގައި ކަމަށްވާއިރު، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެންމެ ގިނައީ އިމާރާތްކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތުގައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ މި އަހަރުގެ ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އާބަދީގެ ތިންބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. މީގެތެރެއިން 60،000 ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލައަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ނެޝެނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސްއިން މިދިޔަ މަހު އާއްމު ކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި އުޅޭ 258،923 ޒުވާނުންގެ ތެރެއިން 137،229 މީހުންނަކީ ބިދޭސީންނެވެ.

The post އޭޝިޔާ ސަރަހައްދުގައި ބިދޭސީ މަސައްކަތްތެރިން އެންމެ ގިނައީ ރާއްޖޭގައި first appeared on Voice.mv.



More from Voice.mv