ހުޅުމާލެ މެކޭނިކަލް ޕާކިންގްތައް ބޭނުން ކުރަން ފަށަނީ

Fri, 18 Oct 2024 06:37 PM

View on this article on vNews

ހުޅުމާލެ މެކޭނިކަލް ޕާކިންގްތައް ބޭނުން ކުރަން ފަށަނީ

ހުޅުމާލޭގައި ބޭނުންނުކޮށް ދޫކޮށްލާފައި ހުރި މެކޭނިކަލް ޕާކިންގްތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ދަށަށް ގެނެސް، އެތަންތަން ބޭނުންކުރެވޭ ތަންތަނަށް ހެދުމަށް ނިންމައިފި އެވެ.



އެ ހުރިހާ މެކޭނިކަލް ޕާކިންގްތަކުގެ ހުރި ޖުމްލަ ޖާގަތަކުގައި 275 ވަރަކަށް އުޅަނދު ޕާކުކުރެވޭނެކަމަށް ވުޒާރާއިން ބުނެއެވެ. އެ ވުޒާރާއިން ބުނިގޮތުގައި، އެ ތަންތަން ވުޒާރާގެ ދަށަށް ގެނައުމުގެ މަޝްވަރާތައް ކުރެވި، އެ ތަންތަން ބޭނުންކުރެވޭ ވަރު ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޕާކިންގެ މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށްޓަކައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ ޕާކިންގ ޒޯންތަކެއް ކަނޑައަޅާފައިވާކަމާއި އެ ފިޔަވަޅުތަކުގެ ސަބަބުން މަގުތަކުގައި ދަތުރުފަތުކުރުމަށް ލުއިފަސޭހަވާނެކަމަށް ވުޒާރާއިން ބުނެއެވެ އެވެ.

ހަމައެހެންމެ، ދިގު މުއްދަތުގައި ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު 16 ޕާކިންގ އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.



More from vNews