ދައުލަތުގެ ބީލަންތަކުގައި ބައިވެރިވާ ފަރާތްތައް ޖޫރިމަނާކުރެވޭ އުސޫލެއް

Fri, 18 Oct 2024 04:14 PM

View on this article on vNews

ދައުލަތުގެ ބީލަންތަކުގައި ބައިވެރިވާ ފަރާތްތައް ޖޫރިމަނާކުރެވޭ އުސޫލެއް

ދައުލަތުގެ ބީލަންތަކުގައި ބައިވެރިވާ ފަރާތެއް ކުށެއް ކޮށްފި ނަމަ ޖޫރިމަނާކުރެވޭ އުސޫލު އެކުލަވާލައިފި އެވެ.



މި އުސޫލުގެ ދަށުން ބީލަމުގައި ބައިވެރިވާ ބީލަންވެރީންނާއި ބީލަމުގެ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބެ އެވެ. ޖޫރިމަނާކުރުމުގެ އިތުރުން ވަކި މުއްދަތަކަށް ބީލަންތަކުގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކުރުމުގެ ބާރު ވެސް މި އުސޫލުން ލިއްބައިދެ އެވެ.

މި އުސޫލުން ފިޔަވަޅު އެޅުމާއި މައްސަލަ ބެލުމުގެ ޒިންމާ ލިއްބައިދެނީ ޕްރޮކިއުމަންޓް އެޕީލް ބޯޑަށެވެ.

ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާމެދު ފިޔަވަޅު އެޅިދާނެ 16 ކުށެއް މި އުސޫލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުޙަލާގައި ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ސައްހަނޫން ލިއުމެއް ހުށަހެޅުމާއި އެފަދަ މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ފޮރުވުން ހިމެނެއެވެ.

ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުންވެސް މިކަންކަމުގެ ތެރޭގައި ހިމެނެ އެވެ.

މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގެ ކުރިން މައްސަލަ ރައްދުވާ ފަރާތުން ޖަވާބުދާރީވުމަށް ފަސް ދުވަސް ލިއްބައިދެ އެވެ. އަދި ޕްރޮކިއުމަންޓް އެޕީލް ބޯޑުން ނިންމާ މިފަދަ މައްސަލަތައް އިސްތިއުނާފްކުރުމުގެ ހައްގު މައްސަލަ ރައްދުވާ ފަރާތަށް ލިއްބައިދެ އެވެ.

މި އުސޫލުގައި ބީލަމެއްގައި ބައިވެރިވާ ފަރާތުން ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާކުރުމާއި، އިތުރަށް ބީލަމެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކުރެވޭނެ ގޮތްތައް ވެސް ކަނޑައަޅާފައިވެ އެވެ.



More from vNews