ދަ ނޮޓިލަސް ފައުންޑޭޝަންގެ ފަރާތުން 4 ދާއިރާއަކުން ސްކޮލަޝިޕްތަކެއް

Fri, 18 Oct 2024 06:23 PM

View on this article on vNews

ދަ ނޮޓިލަސް ފައުންޑޭޝަންގެ ފަރާތުން 4 ދާއިރާއަކުން ސްކޮލަޝިޕްތަކެއް

ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި އުފައްދާފައިވާ ދަ ނޮޓިލަސް ފައުންޑޭޝަންގެ ފަރާތުން 4 ދާއިރާއަކުން ސްކޮލަޝިޕްތަކެއް ދޭން ނިންމައިފި އެވެ.



އިއްޔެ ބޭއްވި ނޫސްވެރިންގެ ކޮންފެރެންސްގައި އެ ޖަމިއްޔާއިން ވަނީ 2025 ވަނަ އަހަރު 4 ދާއިރާއަކުން ސްކޮލަޝިޕްތަކެއް ދިނުމަށް ހުޅުވާލާފައިވާކަން އިއުލާންކޮށްފައެވެ. ހަމައެކަނި ދިވެހި ރައްޔިތުންނަށް ކުރިމަތިލެވޭ އެ ފުރުސަތުގައި 4 އާއި 6 އާ ދެމެދު ސްކޮލަޝިޕްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ދާ ދަރިވަރުންގެ ޓިއުޝަން ފީ، ތައުލީމު ހާސިލުކުރުމަށް ދާ ގައުމަކަށް ދެކޮޅު ޓިކެޓު ހަރަދު، މެޑިކަލް އިންޝިއުއަރަންސް، ވިސާ ޕްރޮސެސިން ހަރަދުތައް، އަދި ދާ ގައުމެެއްގައި ދިރިއުޅުމަށް ބޭނުންވާ ސްޓައިޕެންޑް ވެސް ލިބޭނެކަމަށް ދަ ނޮޮޓިލަސް ފައުންޑޭޝަންއިން ބުންޏެވެ.

ދަ ނޮޓިލަސް ފައުންޑޭޝަނުން 2025 ގަ ސްކޮލަޝިޕް ދިނުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ:

  • ނޫސްވެރިކަމުގެ ދާއިރާ (އަންޑަރގްރެޖުއޭޓް ޑިގްރީ އިން މާސް ކޮމިއުނިކޭޝަން)
  • މެޑިކަލް ސްޕެޝަލައިޒޭޝަން (ދިވެހިރައްޖޭގެ ސްޕެޝަލިސްޓް ޑޮލްޓަރުން ބޭނުންވާ ދާއިރާތަކުން)
  • އެއަރކްރާފްޓް މެއިންޓެނަންސް ލައިސަންސް ޕްރިގްރާމް
  • ސަރޓިފިކަޓް 3 އިން ކޮމާރޝަލް ކުކަރީ

އެ ސްކޮލަޝިޕްގެ ދަށުން ކިޔެވެން ފުރިހަމަ ކުރުމަށް ފަހު މަދުވެގެން 3 އަހަރު ދިވެހިރާއްޖެއަށް ހިދުމަތް ކުރަން ޖެހޭނެ އެވެ. ނަމަވެސް އެ މީހަކު ހިދުމަތް ކުރަން ބޭނުންވާ ތަނަކުން ހިދުމަތް ކުރުމުގެ މިނިވަންކަން އޮންނާނެކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

މީގެތެރެއިން މެޑިކަލް ސްޕެޝަލައިޒޭޝަން ދާއިރާއިން ތައުލީމު އަދާކުރާ ދަރިވަރުން މަދުވެގެން 1 އަހަރު ގްރޭޓާ މާލެ ސަރަހައްދުނޫން، ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދެއްގައި ހުރި ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރަން ޖެހޭއިރު، އެ ފުރުސަތުގައި ތައުލީމު އަދާކުރުމަށް ދެވޭ ގައިމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާ އާއި ފިލިޕީންސް އާއި ތައިލޭންޑާއި ނޭޕާލާއި ބަންގްލަދޭޝާއި އިންޑޮނޭޝިއާ އާއި މެލޭޝިއާ އެވެ.

ނޫސްވެރިކަމުގެ ދާއިރާ ހިޔާރުކުރާ ދަރިވަރުންނަށް ހުޅުވާލެވިފައި ވަނީ އަންޑަގްރެޖުއޭޓް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތެވެ. މި ދާއިރާއިން ތައުލީމު އަދާކުރާ ދަރިވަރުންނަށް ވެސް ދިއުމުގެ ފުރުސަތު އޮތީ ކުރިން ބަޔާންކުރި ގައުމުތަކަށެވެ.

ނަމަވެސް، އެއާކްރާފްޓް މެއިންޓަނަންސް ލައިސަންސް ޕްރޮގްރާމާއި ސެޓިފިކެޓް 3 އިން ކޮމަރޝަލް ކުކަރީ ކޯސްތައް ހިޔާރު ކުރާ ދަރިވަރުންނަށް ކަނޑައަޅާފައި ވަނީ ވަކި ޔުނިވާސިޓީތަކެކެވެ. އެގޮތުން، އެއާކްރާފްޓް މެއިންޓަނަންސް ލައިސަންސް ކޯހަށް ކުރިމަތިލާ ދަރިވަރުންނަށް އޮތް ފުރުސަތަކީ މެލޭޝިއާގެ ޔުނިވާސީޓީ އޮފް ކުއަލަ ލަމްޕުރްއިން ހިންގާ "އެއާކްރާފްޓް މެއިންޓަނަންސް ލައިސެންންސް ޕްރޮގްރާމް - އޭއޭއެސްއޭ ޕާޓް 66" ކޯހުގައި ބައިވެރިވުމުގެ ފުރުސަތެވެ.

ސަރޓިފިކެޓް 3 އިން ކޮމާޝަލް ކުކަރީ ކޯސް ހެދުމަށް ސްކޮލަޝިޕްގެ ފުރުސަތު ދޫކުރަނީ ސްރީ ލަންކާގެ ދަ ކޮލޮމްބޯ އެކަޑެމީ އޮފް ހޮސްޕިޓާލިޓީ މެނޭޖްމަންޓް (ސީއޭއެޗްއެމް) އިން ހިންގާ 'ވިލިއަމް އެންގްލިސް އިންސްޓިއިޓް ފޮ ދަ ސެޓިފިކެޓް ލެކެލް 3 އިން ކޮމާޝަލް ކުކަރީ' ކޯހުގައި ބައިވެރިވުމުގެ ފުރުސަތެވެ.

މި ހުރިހާ ފުރުސަތަކަށް ކުރިމަތިލުމަށް ހުށަހަޅާ އިރު، ދަރިވަރުން ހިޔާރުކުރާ ސްކޮލަޝިޕަކުން ކިޔެވުމަށް ކަނޑައަޅާފައިވާ ޔުނިވާސިޓީގެ ނުވަތަ މަރުކަޒުގެ ޕްލޭސްމެންޓް ލެޓާ / އެޑްމިޝަން ލެޓާ ހުށަހަޅަންޖެހޭކަމަށް ދަ ނޮޓިލަސް ފައުންޑޭޝަނުން ބުންޏެވެ.

ދަ ނޮޓިލަސް ފައުންޑޭޝަންއިން ދޫކުރާ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 30 އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ނޮޓިލަސް ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން މުހައްމަދު ހަލީލު ވިދާޅުވިގޮތުން، އެ ފައުންޑޭޝަނުން ދިވެހިން ބިނާކޮށް، ތަމްރީންކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭކަމަށް ވިދާޅުވި އެވެ. އަދި ކިޔެވުމަށް އޮތް ފުރުސަތުތަށް ފަހިކޮށްދިނުމުގެ އިތުރުން ކިޔަވާ ނިމުމުން ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަހިކޮށްދިނުމަށް އެ ފައުންޑޭޝަނުން މަސައްކަތް ކުރާކަން ފާހަގަކުރެއްވި އެވެ.



More from vNews