ކުދިންގެ ޅަފަތުގައި ހުނަރުތައް ދެނެގަނެ ފުރުސަތުތައް ހޯދައިދޭން ޖެހޭ: ޑރ. ޒަޙުރާ

Thu, 17 Oct 2024 05:05 PM

View on this article on vNews

ކުދިންގެ ޅަފަތުގައި ހުނަރުތައް ދެނެގަނެ ފުރުސަތުތައް ހޯދައިދޭން ޖެހޭ: ޑރ. ޒަޙުރާ

ހުނަރުވެރި ޖީލެއް ބިނާކުރުމަށް ޅަފަތުގައި ކުދިންގެ ހުނަރުތައް ދެނެގަނެ އެ ހުނަރުތަކުން ކުދިން ތަމްރީންކޮށް ފުރުސަތުފަހިކޮށްދޭން ޖެހޭކަމަށް މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސީއީއޯ ޑރ. ޒަޙުރާ މުޙައްމަދު ވިދާޅުވެއްޖެއެވެ.



"ޔޫޕް ވޮއިސެސް" ކެމްޕެއިންގައި ބައިވެރިވެ ވަނަ ހާސިލްކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޒަޙުރާ ވިދާޅުވީ ޒުވާނުންނަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ދުރާލާ ހުނަރު ދެނެނުގަނެވުންކަމަށެވެ. އަދި ހުނަރު ދެނެގަނެވުނު ނަމަވެސް ބައެއް ހާލަތުގައި ބެލެނިވެރިން ނުވަތަ މުޖުތަމަޢު އިން އެކަން ބަލައިނުގަތުންކަމަށެވެ.

ހުނަރުވެރި ޤާބިލް ޖީލެއް ބިނާކުރުމަށް މިކަންކަން ރަގަޅުކޮށް ޅަފަތުގައި ކުދިންގެ ހުނަރުތައް ދެނެގަނެ އެކަންކަން ކުރިއަރުވާ ހިތްވަރުދޭނެ މުޖުތަމައުއަކަށް މި މުޖުތަމަޢު ބަދަލުވެގެން ދިއުމަކީ ކުރާ ކަމަށް ޒަހުރާ ވިދާޅުވި އެވެ.

ޒަހުރާ ވިދާޅުވީ، ދިވެހި ޒުވާނުންނަކީ ވަރަށް ހުނަރުވެރިބައެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމަކު ޒުވާނުންގެ ހުނަރުތައް ގިނަފަހަރު ދެނެނުނަގެނެވޭ ކަމަށެވެ.

އުންމީދަކީ ހުނަރުތައް ދެނެގަނެ އެކަންކަން މުޅި މުޖުތަމަޢުވެސް ބަލައިގަނެގެން، މުދަރިސުންނާއި ބެލެނިވެރިންގެ ފަރާތުން އެކަން އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކުރުންކަމަށް ޒަހުރާ ވިދާޅުވި އެވެ.

ޒަޙުރާ އިތުރަށް ވިދާޅުވީ މިހާރު އެކި ދާއިރާތަކުން ކުރިއަރައިގެން ދާނެ ފުރުސަތުތައް ފަހިވެފައިވާކަމަށެވެ. އެގޮތުން އެމްއެންއެސްޑީއޭގައިވެސް ހުނަރުވެރިން އުފެއްދުމަށް ވަރަށް ގިނަ ޕްރޮގްރާމްތައް އެކުލަވާލެވިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ޕްރޮގްރާމްތަކުގައި ގިނަ ޒުވާނުން ބައިވެރިވުމަކީ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.



More from vNews