ދެ ގައުމެއްގެ ސަފީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

Tue, 11 Jun 2024 05:33 PM

View on this article on vNews

ދެ ގައުމެއްގެ ސަފީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ ފަރާތުން ދެ ގައުމެއްގެ ސަފީރުކަމަށް އައްޔަންކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތައް ފާސްކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.



މަޖިލީހަށް ހުށަހަޅާފައިވަނީ ތުރުކީއަށް ކަނޑައަޅާ ސަފީރު ކަމަށް ރިޓަޔާޓް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީން އަބްދުއްލަތީފް އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ތޯހާ ފާކިސްތާނަށް ކަނޑައެޅުމަށެވެ.

އެކަމާ ގުޅޭގޮތުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

އެ ދެ ސަފީރުންނަށް ރުހުން ދިނުމަށް ފެނޭތޯ ކޮމިޓީގެ ބައްދަލުވުމުގައި ވޯޓަށް އަހާފައިވާއިރު، ކޮމިޓީއިން ވަނީ އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދީފައެވެ. ރުހުން ދިނުމަށް ފާސްކުރީ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބޭފުޅުންގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.



More from vNews