މިފްކޯ ހިންގަން ބޭނުންވަނީ ނުފޫޒުން އެއްކިބާވެފައިވާ ބޭރުގެ ތަޖުރިބާކާރެއް: ރައީސް

Sat, 27 Jul 2024 01:18 AM

View on this article on vNews

މިފްކޯ ހިންގަން ބޭނުންވަނީ ނުފޫޒުން އެއްކިބާވެފައިވާ ބޭރުގެ ތަޖުރިބާކާރެއް: ރައީސް

ދައުލަތުގެ މަސް ކުންފުނި މިފްކޯ ހިންގަން ހަވާލުކުރަން ބޭނުންފުޅުވަނީ ދުނިޔޭގެ ފެންވަރުގެ ރާއްޖޭން ބޭރުން އެންމެ މަތީ ފެންވަރުގަ ކުންފުނިތައް ހިންގާފައިހުރި ހިންގުންތެރި ތަޖުރިބާކާރު މީހަކާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ކުރަމުންދަނީ އެމަސައްކަތްކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެމަސައްކަތުގެ ދަށުން އެންމެ ގިނަ މަސައްކަތްތަކެއް ކުރެވެނީ މިފްކޯ ރިފޯމްކުރުމަށްކަމަށެވެ.

އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިހާރު ކުރެވެމުންދަނީ މިފްކޯ ނަގާ ކޮޅަށް ޖެހުމަށް ތަޖުރިބާ ހުރި ބޭރުގެ ފަރާތެއް ހޯދުންކަމަށެވެ. ރައީސް ވިދާޅުވީ ފާއިތުވި ދުވަސްތަކުގެ ތަޖުރިބާއަށް ބަލާ މިފްކޯ ހިންގަން ޖެހެނީ ނުފޫޒުތަކުން އެއްކިބާވެފައިވާ ތަޖުރިބާހުރި ބޭރު މީހެއްކަމަށް ގަބޫލުކުރައްވާކަމަށެވެ.

ދިވެއްސަކަށް ނުކުރެވޭނެ ވާހަކައެއް ނޫން އެއްގޮތަކަށްވެސް. މިދިޔަ ދުވަސްތަކުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން ބޭނުންވަނީ މިފްކޯ ހިންގަން ބޭރު މީހެއް. އެއީ އިގްތިޞާދުގައި އެންމެ މުހންމު އެއް ކުންފުނި. އެެހެންވީމާ މިފްކޯ އާ ހަވާލުވާން ބޭނުންވަނީ ބޭރުގެ ތަޖުރިބާކާރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާ އެއްގޮތަކަށްވެސް ގުޅިފައިނެތް މީހެއް. އަޅުގަނޑުމެންނަށް އެބައިނގޭ މިފްކޯ ދަރަނިވެރިވާ ގޮތް ވަރަށް ރަނގަޅަށް. އެއިން އެއްވެސް ނުފޫޒެއްގައި ނުޖެހޭނެ މިނިވަން މީހެއް މިފްކޯއާ ހަވާލުކުރަން މިމަސައްކަތްކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މިފްކޯ އަށް ސީއީއޯ އެއް އަދި މެނޭޖިންގ ޑިރެކްޓަރެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ޝަރުތުހަމަވާ އެއްވެސް މީހަކު ކުރިމަތިލާފައިނުވާކަމަށް ބުނެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާން ވަނީ ބާތިލުކޮށްފައެވެ.



More from vNews