ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ނުލިބި އެބަހުރި، އެފައިސާ ހޯދާނަން: ރައީސް

Sat, 27 Jul 2024 01:39 AM

View on this article on vNews

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ނުލިބި އެބަހުރި، އެފައިސާ ހޯދާނަން: ރައީސް

ޤާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ނުލިބި އެބަހުރިކަމަށާއި އެފައިސާ ހޯއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިދިޔަ ސަރުކާރުތަކުން ނުހޯދާ ދޫކޮށްލާފައިވާ ފައިސާކަމަށެވެ. މިއީ ގާނޫނީ ގޮތުން ލިބެންޖެހޭ ފައިސާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބިމު ކުލީގެ ގޮތުގައި ނުހޯދާ ލިބެންޖެހޭ ފައިސާގެ ގޮތުގައި 513 މިލިއަން އެމެރިކާ ޑޮލަރުވާކަމަށް ރައީސް ވިދާޅުވިއެވެ. ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު ނުހޯދާވާކަމަށާއި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުތަކުން ދައުލަތަށް ނުހޯދާހުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯޕަރޭޓިވް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ނުހޯދާހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް ތޭރަ ހާސް މިލިއަން، ތޭރަ ބިލިއަން ރުފިޔާގެ ފައިސާ މިހުރީ ނުހޯދާ. ހޯދާކަށް ނޫޅޭ. އެފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ. އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން. މިހާރު މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މީގެއިތުރުން ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން ގެއްލިފައިވާ ފައިސާ އާ އެހެނިހެން ވައްކަންތަކުން ގެއްލިފައިވާ ފައިސާ ހޯއްދަވާނެކަމަށެވެ.



More from vNews