ރަސްދޫގައި ސްޕާއެއްގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

Fri, 26 Jul 2024 11:07 PM

View on this article on vNews

ރަސްދޫގައި ސްޕާއެއްގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

އއ. ރަސްދޫގައި ރަޖިސްޓްރީނުކޮށް ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.



ފުލުހުން މިރޭ ބުނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް، ރަސްދޫގެ ސާހިލްގޭގައި ސްޕާއެއްގެ ނަމުގައި ހިންގަމުން އަންނަ "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ސްޕާ ބަލައި ފާސްކޮށް، ހަށިވިއްކާ ކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ އަންހެނަކާއި 27 އަހަރުގެ ބިދޭސީ އަންހެނެއް އަދި 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.



More from vNews