އިންޑިޔާއިން ދަރަނި ފަސްކޮށްދީފި، ޗައިނާއިން ފަސްކޮށްދޭނެކަމުގެ ފެހި ސިގްނަލް ލިބިއްޖެ: ރައީސް

Sat, 27 Jul 2024 12:59 AM

View on this article on vNews

އިންޑިޔާއިން ދަރަނި ފަސްކޮށްދީފި، ޗައިނާއިން ފަސްކޮށްދޭނެކަމުގެ ފެހި ސިގްނަލް ލިބިއްޖެ: ރައީސް

ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި އެގައުމުތަކާއި ވާހަކަދައްކައިގެން ލުއިގޮތްތައް ހޯދަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ދަރަނީގެ އެންމެ ބޮޑު ބަޔެއް ހިއްސާކުރަނީ އިންޑިޔާ އާއި ޗައިނާއިންކަމަށެވެ. މި ދެގައުމާއެކުވެސް ދަރަނި ދެއްކމުގައި ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިންޑިޔާ ސަރުކާރުން ދާދިފަހުން ވަނީ އިންޑިޔާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ފަހުން ދައްކާގޮތަށް ހަމަޖައްސާފައިކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިޔާ ސަރުކާރުން ވަނީ ކާބޯތަކެއްޗާއި އަސާސީ ތަކެތި އިތުރު ދެއަހަރަށް ރާއްޖެއަށް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ މަގުފަހިވެސް ކޮށްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ޗައިނާ އަށް ދައްކަންޖެހޭ ލޯނުތައްވެސް ފަސް އަހަރަށް ފަސްކޮށްދޭނެކަމުގެ ފެހި ސިގްލަން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ވަނީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް އޭގެކުރިން ތަރައްގީގެ މަޝްރޫޢުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިހުރި ލޯންތައް ކުރިޔަށް އޮތް ފަސް އަހަރު އެލޯންތަކާއި ލޯންތަކުގެ އިންޓަރެސްޓް ނުދައްކާ ގޮތް ނިންމައިދޭނެކަމުގެ ފެހި ސިގްނަލް ވަނީ ދެއްވާފައި.އެކަމުގެ ފަންނީ މަސައްކަތް މިހާރު އެބަ ހިނގާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މީގެއިތުރުން ޔޫއޭއީއަށް ދައްކަން އޮތް ލޯނުވެސް ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ލަސްކޮށްދޭނެކަމަށް އެގައުމުންވެސް ބުނެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސައްކަތްކުރައްވަމުން ގެންދަވަނީ ނަގާފައިވާ ލޯނުތައް ބަހާލައިގެން ކުރިޔަށް އޮތް ފަސް އަހަރު ދެއްކޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްކަމަށެވެ.

މިސަރުކާރު އައިފަހުން މިހާތަނަށް 3.8 ބިލިއަން ރުފިޔާ ލޯންތަކަށް ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިގްތިޞާދު ރިފޯމް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބޭ އެއްޗަކުން ޚަރަދުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ މަހު ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ޚަރަދުކޮށްފައިވަނީ 16.7 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.



More from vNews