ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

Fri, 24 May 2024 07:29 PM

View on this article on vNews

ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.



އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ރަސްގެފާނަށް އަވަސް ޝިފާއެއް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރަސްގެފާނަށް ދިގު އުމުރެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވެއެވެ.

ފުއްޕާމޭގެ އަލާސްކަންފުޅެއް ޖެހި ރަސްގެފާނު ސަލްމާން އަލާސްކަންފުޅާ އުޅުއްވާތާ މިހާރު ވަނީ ދުވަސް ތަކެއް ވެފައެވެ.

މިހާރު އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ސަލްމާން ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރު އޭރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމުންނެވެ.



More from vNews