ވިދާ ގުގުރާ ސަރަހައްދު ދެނެގަތުމަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ

Fri, 24 May 2024 01:06 PM

View on this article on vNews

ވިދާ ގުގުރާ ސަރަހައްދު ދެނެގަތުމަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ

ވިދާ ގުގުރާ ސަރަހައްދު ދެނެގަތުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.



އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މި ނިޒާމު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ސިވިލް އެވިއޭޝަންގެ އެހީތެރިކަމާއެކުކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރަށްރަށާއި، އެއަރޕޯޓުތަކުގައި މިހާރު ވިދާ ގުގުރާއިރު، ވަކި ހިސާބެއް މަތީގައި ވިލާތަކުގައި ސީދާ އެ ސަރަހަށްދުތައް އުދުހުމުގެ ދާއިރާގައި މަތިންދާ ބޯޓުތަކަށް ބޭނުންވާކަމަށެވެ. އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް، ލައިޓްނިންގް ޑިޓެކްޝަން ސިސްޓަމް ހަރުކުރެވުނީމަ ކުރެވޭނެކަމަށް ތާރިގު ވިދާޅުވިއެވެ.

އަދި މެރިން އޮބްޒަވޭޝަން އަދި ފޯކާސްޓިން ހަރުދަނާ ކުރުމަށް ޗައިނާގެ ފަސްޓް އިންސްޓިޓުއުޓް އޮފް އޯޝަނޮގްރަފީއާއެކުވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެވުޒާރާއަށް ހާސިލްކުރެވުނު މުހިންމު މަސައްކަތްތައް ހިއްސާކޮށްފައެވެ.

އެގޮތުން އެވުޒާރާއިން ވޭތުވެދިޔަ 6 މަސްދުހަވު ކުރެވުނު ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކަކީ:

  • ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކުރުމަށް ހަފުތާ 14 ގެ ދަށުން "މަގޭ ސޯލާ ޕްރޮގްރާމް" ، 29 ނޮވެމްބަރ 2024 ގައި ފެށުން.

  • މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމު (ޖުމްލަ 3 މެގަ ވޮޓު ގެ ސޯލާ ޕީވީ ސިސްޓަމް) ހޯދުމަށް ކޮންޓުރެކްޓަރަކު ހޯދައި އެފަރާތާއެކު 09 މެއި 2024 ގައި ކޮންޓްރެކްޓްގައި ސޮއި ކުރުން.

  • ކުނި މެނޭޖުކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް ޗައިނާގެ ކުންފުންޏެއްކަމުގައިވާ ސީ.އެން.ޓީ.ވައި އާއެކު ފަހުމުނާމާއެއްގައި 21 މާރިޗް 2024 ގައި ސޮއިކުރުން.
  • މާރިޗް އަދި އެޕްރީލް މަހުގެ ކަރަންޓާއި ފެން ބިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ޑިސްކައުންޓް ފޯރުކޮށްދެވުނު.
  • ރަށްތަކުން ފެނަށް ޖެހޭ ހާލަތްތަކުގައި އެރަށްތަކަށް ފެންފޯރުކޮށްދިނުމަށްޓަކައި ފެނަކަ އާއި އެކުވަނީ އެއްބަސްވުމެއްގައި ސޮއިކުރުން. މިގޮތުން މިހާތަނަށް ފެން ފޯރުކޮށްދިނުމަށް އެދިފައިވާ 20 ރަށަށް ފެން ފޯރުކޮށްދީފައިވޭ.
  • ސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތްތައް ހަރުދަނާކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަން އިތުރަށް ވަކާލާތުކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ކޮއަލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކަލައިމެޓް ޗޭންޖް (ކޭން.ސީ.ސީ) ގެ ޗެއާރމަންޝިޕްއާއި ދިވެހިރާއްޖެއިން ހަވާލުވުން.
  • ރާއްޖޭގެ ރައްޔިތުންގެ ހަށިގަނޑުގައި މާކިއުރީ ހުރި މިންވަރު ދެނެގަތުމަށްޓަކައި ކުރާ ދިރާސާއަށް ސާމްޕަލް ކަލެކްޓްކުރުމުގެ މަސައްކަތް ނިމި، މި ސާމްޕަލްތައް އެނަލައިޒް ކުރުމަށް އޭޝިއަން އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ފޮނުވުން.
  • "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ނުވަތަ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީ.ބީ.އެން.ޖޭ) ރާއްޖޭގައި ރެޓިފައި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުން.

  • ގައު ހުދުވުމުގެ މައްސަލަ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ފަރުތަކުން ފާހަގަވެ، ކޮރަލް ރީފް ވޮޗްއިން އިއުލާންކޮށްފައިވާ އެލަރޓްގައި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނު މިނަށް ބަލާފައި، ގައު ހުދުވުން އެކަށީގެންވާކަމަށް ލަފާކޮށް، އެލަރޓް ލެވެލް1 އިއުލާންކުރުން.

  • އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މޭ 9ގައި ގާ ހުދުވުމުގެ މައްސަލައަށް ކުއްލި ފިޔަވަޅުތައް އަޅައި، ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމާއި ފަޅު ފުންކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލުން. މި ގޮތުން ބިން ހިއްކުމާއި ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުން ކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މިހާރު ވަނީ މަޑުޖައްސާލާފަ.

  • ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޕްލޭން އެކުލަވާލުން.



More from vNews