ހަތަރު ވޯޓުގެ ފަރަގު ހުރުމުން ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އެދިއްޖެ

Wed, 24 Apr 2024 03:08 PM

View on this article on vNews

ހަތަރު ވޯޓުގެ ފަރަގު ހުރުމުން ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އެދިއްޖެ

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އިލެކްޝަންސް ކޮމިޝަން (އީސީ9 ގައި އެދިއްޖެއެވެ.



ވޯޓު ފޮށި ގުނަން އެދިފައި ވަނީ ވޯޓުގެ ފަރަގު ކުޑަ ކަމަށް ބުނެއެވެ. ނަމަވެސް ވޯޓު ލީ ދުވަހު ވެސް އެ ދާއިރާގެ ފޮއްޓެއްގައި ހަމަނުޖެހުން ހިންގާފައި ނުވާ ކަން އީސީން ވަނީ ފާހަގަކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން ކޮމްޕްލެއިންޓްސް ބިއުރޯގައި އެދިފައިވާ ކަމަށާއި، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެކަމާ މެދު މިއަދު ކޮމިޝަނުން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ދުވާފަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު، މުހައްމަދު އަލީ ކާމިޔާބުކުރެއްވީ ހަތަރު ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބުނީ 1،074 އެކެވެ. އަދި އޭނާއާ އެންމެ ގާތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1070 ވޯޓެވެ. އެއީ އެންމެ ހަތަރު ވޯޓުގެ ތަފާތެވެ.

މީގެ ކުރިން ތިނަދޫ ދާއިރާގެ ވޯޓު ފޮއްޓެއް ގުނައިދޭން ވެސް އީސީގައި އެދިފައިވެއެވެ. ނަމަވެސް އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށް އީސީއަށް ގަބޫލު ކުރެވޭތީ ވޯޓު އަލުން ގުނާފައެއް ނުވެއެވެ.



More from vNews