ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އައު ލޯގޯ އިފްތިތާހުކޮށްފި

Sat, 04 May 2024 02:05 PM

View on this article on vNews

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އައު ލޯގޯ އިފްތިތާހުކޮށްފި

ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ އައު ލޯގޯ އިފްތިތާހުކޮށްދެެއްވައިފިއެވެ.



މި ލޯގޯ އިފްތިތާހުކޮށްދެއްވީ އެފްޑީސީ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފްލާއެއްގައި ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

މި ޙަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ކުރަމުންގެންދާ މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މިހާރު ފަށާފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ޙިއްސާކޮށްފައިވެއެވެ.

މި ޙަފުލާގައި ނައިބުރައީސް ފަހިދިރިއުޅުން ކޯޕަރޭޝަންގެ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސީލުކުރެއްވި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ "އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2019 އިން، "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ މިިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ.

100 އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.



More from vNews