އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލެ އަށް

Wed, 24 Apr 2024 12:03 PM

View on this article on vNews

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލެ އަށް

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިފި އެވެ.



އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

މިކަމަށްޓަކައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފާހަގަކޮށް އެކަމުގެ ޝުކުރު ދަންނަވައިފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް

އެ ޝޯރޫމް ހުޅުވާފައި ވަނީ އެސްޓީއޯ ސްމާޓް ސްޓޯއާ ޖެހިގެން ކުރި ހުރި އެސްޓީއޯ ހުޅުމާލެ ފިހާރަ ޒަމާނީ ފެންވަރަށް ރިނޮވޭޓް ކުރުމަށްފަހު ހިތްގައިމު އިންޓީރިއާ އަކާއެކު އެވެ.

މި ޝޯރޫމުން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް އާއި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތަކުގެ އުފެއްދުންތައް ލިބޭނެ އެވެ. ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ ހުޅުމާލޭ ޝޯރޫމް ވާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށެވެ. އަދި މިއީ އެއްފުރާޅެއްގެ ދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލު ލިބޭނޭ ގޮތަށް ހުޅުވި ޝޯރޫމެއް ކަމަށް ބުންޏެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާ ދާއިރާއެއްގައި އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ.



More from vNews