އައިޓީބީ ޗައިނާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

Fri, 19 Apr 2024 11:21 AM

View on this article on vNews

އައިޓީބީ ޗައިނާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އައިޓީބީ ޗައިނާ 2024ގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭ މުއްދަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިތުރުކޮށްފިއެވެ.އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހު 25ގެ މެންދުރު 1:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޗައިނާގެ ޓްރެވަލް މާކެޓަށް ޚާއްސަކޮށްގެން ބާއްވާ ލީޑިން ބީޓުބީ ޓްރޭޑް ޝޯއެއް ކަމަށްވާ އައިޓީބީ ޗައިނާ ކުރިއަށްދާނީ އަންނަ މަހުގެ 27 އިން 29 އަށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.

ޗައިނާ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މާކެޓެއްގެ ގޮތުގައި ދެމިއޮތްއިރު، ޗައިނާގެ ބޯޑަރުތައް މިދިޔަ އަހަރު އަލުން ހުޅުވާލުމާ ގުޅިގެން ގަދަ 1 ވަނަ މާކެޓްގެ މަގާމު ޗައިނާއިން ވަނީ އަލުން ހޯދާފައެވެ.

އެހެންކަމުން އައިޓީބީ ޗައިނާގައި ބައިވެރުމަށް އިތުރުކޮށްފައިވާ މުއްދަތަކީ ޗައިނާގެ ކުރިއަރަމުން އަންނަ ޓްރެވަލް ސެކްޓަރުގެ ތެރޭގައި ނިންމުންތައް ނިންމާ ފަރާތްތަކާއި ޕޮޓެންޝަލް ޕާޓްނަރުންނާ ގުޅުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނަށް ލިބިގެންދާނެ އަގުހުރި ފުރުސަތެއްކަމަށް އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.More from vNews