މިނިވަން ދުވަހާ ގުޅުވާ ސްކައުޓުގެ ފެއާއެއް ކުރިއަށްދަނީ

Sat, 27 Jul 2024 12:30 PM

View on this article on vNews

މިނިވަން ދުވަހާ ގުޅުވާ ސްކައުޓުގެ ފެއާއެއް ކުރިއަށްދަނީ

މިނިވަންކަމަށް 59 އަހަރުފުރޭ އިޙްތިފާލާ ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން " ފަން ފެއާ"އެއް ފަށައިފިއެވެ.



މާލޭ މަޖީދިއްޔާ ސްކޫލުގައި އިއްޔެ ހަވީރު ފެށި މި ފެއާ، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށްއެ އެސޯސިއޭޝަނުން ބުނެއެވެ.

މި ފެއާއަކީ ސްކައުޓް އެސޯސިއޭޝަނާއި މާލޭގެ ނުވަ ސްކައުޓް ގުރޫޕެއް ގުޅިގެން ބާއްވާ ފެއާއެކެވެ. މިފެއާގައި ތަފާތު އުމުރު ފުރާތަކަށް ހާއްސަ ހަރަކާތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭއިރު، ވަނުމުގެ ފީއަކީ، 20 ރުފިޔާއެވެ.

މިފެއާ ގައި ސްކައުޓުންނަށް ޚާއްސަ ހަރަކާތްތަކާއި ތަފާތު އިތުރު ކުޅިވަރުތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ސްކައުޓް އެސޯސިއޭޝަނުން މިފަދަ ފެއާއެއް އިންތިޒާމުކޮށްފައިވާއިރު، ފެއާއަށް ވީހާވެސް ގިނަ ސްކައުޓުން ޒިޔާރަތް ކުރުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް، ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.



More from vNews