ލައިލަތުލް ޤަދުރި ވިލޭރޭގެ ދަރުމަ ހޯދުމަށް ރޭ އަޅުކަން އިތުރުކުރޭ: ހުތުބާ

Fri, 29 Mar 2024 01:12 PM

View on this article on vNews

ލައިލަތުލް ޤަދުރި ވިލޭރޭގެ ދަރުމަ ހޯދުމަށް ރޭ އަޅުކަން އިތުރުކުރޭ: ހުތުބާ

އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭކަމުގައިވާ ލައިލަތުލް ޤަދުރި ވިލޭރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.



"ކާމިޔާބީތަކެއްގެ މައްސަރު" މި މައުޟޫއުއަށް މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ މިމައްސަރުގައި ދެއްވާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތުކަމަށެވެ. އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުޞަތުކަމަށާއި، އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑުކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރާއި ހަތަރު މަހެވެ. މި މާތް ރޭގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ރަމަޟާން މަހުގެ ފަހުދިހައިގާ އިތުރަށް ހީވާގިވުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އެރެޔާބެހޭ ގޮތުން މާތް اللهُ ކުރައްވާފައި ވެއެވެ. މާނައީ: "لَيْلَةُ الْقَدْرِ ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރާއި ހަތަރު މަހެވެ. މި މާތް ރޭގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ރަމަޟާން މަހުގެ ފަހުދިހައިގާ އިތުރަށް ހީވާގިވާށެވެ! ރަސޫލާ صلى الله عليه وآله وسلم ޙަދީޘް ކުރައްވާފައި ވެއެވެ. (تَـحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ)[2] މާނައީ: "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ލައިލަތުލް ޤަދުރި ވިލޭރޭ ލިބިގަންނާށެވެ!" [1] القدر: ٣ [2] البخاري
ހުތުބާ

ހުތުބާގައި ވަނީ، ބަރަކާތުން ފުރިފައިވާ ދުވަސްތައް ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ވީހެނެއް ހީވެސް ނުވާކަމަށައި، މިހާރު މިވަނީ ނިމުމަކާ ގާތްވެފައިކަން ފާހަގަކޮށްފައެވެ. އެހެންކަމުން އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނި ނަސޭހަތްތެރިވެފައެވެ.

ރަސޫލު صلى الله عليه وآله وسلم އެކަލޭގެފާނުގެ އަހުލުބައިތުންވެސް ރޭއަޅުކަމަށް ނަންގަވާކަމަށާއި، ފަހުދިހައިގާ އިހުނަށް ވުރެ ބޮޑަށް ހީވާގިވެ ވަޑައިގަންނަވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

أُمُّ الْمُؤْمِنِيْنَ السَّيِّدَةُ عَائِشَة رَضِيَ الله عَنْهَا ގެ އަރިހުން ރިވާވެފައިވާ ބަސްފުޅެއްގައިވެއެވެ. "ރަސޫލު صلى الله عليه وآله وسلمه ދުނިޔެ ދޫކުރެއްވުމާ ހަމައަށް ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވިއެވެ."[1] މުސްލިމް އަޚުންނޭވެ! މާތް ނަބިއްޔާ އަށް ޞަލަވާތް ކިޔަވާށެވެ! މާތް الله ވަނީ އެކަމަށް އަމުރު ކުރައްވާފައެވެ. އެކަލާނގެ وَحِى ކުރައްވާފައިވެއެވެ. މާނައީ: "ހަމަކަށަވަރުން الله އާއި އެކަލާނގެ مَلَائِكَةُ ން ނަބިއްޔާގެ މައްޗަށް صَلَوَات ލައްވަތެވެ. އޭ إِيْـمَانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި دُعَاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سَلَام ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!"[1] متفق عليه.[2] الأحزاب: ٥٦
ހުތުބާ

ހިތުބާގައި ވަނީ މާތްلله އަށް ތަގުވާވެރި ވުމަށް ނަސޭހަތްތެރިވެފައެވެ. އެނބުރި ރުޖޫޢަވާންޖެހޭ ދުވަހުގެ ދަތުރަށް ލިބިގެންވާ އެންމެ ރަނގަޅު ކޮއްތަކީ ތަގުވާވެވެރިކަން ކަމަށާއި، އެހެންކަމުން ތަގުވާވެރިވުމަށް އަވަސްވެގަތުމަށް ނަސޭހަތްތެރިވެފައެވެ.



More from vNews