ފަހުދިހައިގައި މާލެ ސަރަހަށްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

Thu, 28 Mar 2024 01:10 PM

View on this article on vNews

ފަހުދިހައިގައި މާލެ ސަރަހަށްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

ފަހު ދިހައިގައި މާލެ ސަރަހަށްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެކަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.



އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ޖަމާޢަތުގައި ދަމު ނަމާދު ކުރާއިރު މި ސަރަހަށްދުގެ 16 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭގޮތަށް ކަނޑައަޅާފައިވާ ކަމަށެެވެ.

އެގޮތުން ޖަމާއަތުގައި ދަމު ނަމާދު ކުރުމަށް ކަނޑއަޅާފައިވަނީ މާލެއިން 18 މިސްކިތަކާއި ވިލިމާލެއިން ތިން މިސްކިތާއި، ހުޅުމާލޭ ފޭސް އެކަކުން 8 މިސްކިތެއްގަ އަދި ފޭސް ދެއަކުން ދެ މިސްކިތެއްގައެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހުގައި ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުއަތުން، ދެރަކުއަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. ދަމު ނަމާދުކުރުމަކީ ސުންނަތްކަން ގަދަ އަޅުކަމެކެވެ.

ރޯދަމަހުގެ ފަހުދިހައިގައި މިސްކިތުގައި އިއުތިކާފު ކުރުމަކީވެސް ގަދަވެގެންވާ ސުންނަތެކެވެ. ކީރިތި ރަސޫލާ صلى الله عليه وآله وسلم އާއި އެ ކަލޭގެފާނުގެ އަސްހާބުން ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފުކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަމާއަތުގައި ދަމުނަމާދު ކުރެއެވެ. މި ނަމާދުގައި ގިނަބަޔަކު ބައިވެރިވެއެވެ.



More from vNews