ސަރުކާރުން ދަނީ ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން: ރައީސް ސޯލިހު

Thu, 28 Mar 2024 12:27 PM

View on this article on vNews

ސަރުކާރުން ދަނީ ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން: ރައީސް ސޯލިހު

ސަރުކާރުން މިހާރު ދަނީ، ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރުމަށް ތައްޔާރުވަމުންކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.



އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފެނިގެން މިދަނީ މީގެ 20 އަހަރު ފަހަތަށް ރާއްޖެ ގެންދާ މަންޒަރުކަަމަށެވެ. އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެން ނޫސްވެރިންނަށް ހުރަސް އަޅުއްވަމުން ގެންދެވިކަމަށާއި ނަމަވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރި އެތައް ބަޔެއްގެ ވާހަކަތަކާއެކު އެކަން ކުރެވޭ ގޮތްނުވީކަމަށް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން ވަޒީފާގެ ބިރު އިންތިހާއަށް ކުރިމަތިކުރުވަމުން އަންނަކަމަށާއި ވަޒީފާ ލިބިފައި ތިބި މީހުންނަށް މަޖުބޫރުކުރުވައިގެން ސަރުކާރާ އެއްކޮޅަށް ކެމްޕެއިންކޮށް ސަރުކާރުގެ ކެމްޕެއިންގައި ބައިވެރިވުމަށް ބާރު އަޅަމުން ގެންދާކަމަށެވެ.

އެންމެފަހުން މިހާރު ފެންނަނީ ސިޔާސީ ލީޑަރުންނާ ދިމާކުރާތަންކަމަށާއި، އެހިސާބުން އަދި ނުނިމޭނެކަމަށް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ވެސް ހައްޔަރުކުރާނެކަމަށާއި، މިނިވަން މުއައްސަސާތައް ވެސް މުށުތެރެއަށް ލާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަމާ ދެކޮޅަށް ތެދުވާންޖެހޭ ކަމަށް ސޯލިހު ވިދާޅުވިއެވެ.

ހަގީގަތުގައިވެސް އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެންޏާ އެ ނާމާން ކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާނެ. ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުން ދަނީ. ސިޔާސީ ހަރަކާތް ހިންގޭކަށް ނެތް. ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުންއެދަނީ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ސޯލިހު ވިދާޅުވި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ކަމަށާއި މި ކަންކަމުން މީގެ 20 އަހަރު ކުރީގެ ކަންކަން ހަނދާނަށް އަންނަމުންދާ ކަމަށެވެ. ދޫކޮށްލައިގެން ތިބެއްޖެ ނަމަ އަނެއްކާވެސް އެ ބިރުވެރިކަމާއި އަނިޔާވެރިކަމަށް ރާއްޖެ ދާނެ ކަމަށާއި ބިރުވެރިކަން އިންތިހާ އަށް މިހާރު ކުރިމަތިވަމުންދާ ކަމަށް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ދަނީ ދޮގު މަށްޗައް ދޮގު ހައްދަވަމުންކަމަށާއި، މިހާރު ކައިރީގައި ތިބި ކުޑަކުދިންތައް ލައްވާވެސް ދޮގު ހަދަން ފަރިތަ ކުރުވަމުން ގެންދާކަމަށެވެ.



More from vNews