ބީއެމްއެލްގެ ހިއްސާއަކަށް 40 ރުފިޔާ ބަހަން ފާސްކޮށްފި

Mon, 29 May 2023 10:01 PM

View on this article on vNews

ބީއެމްއެލްގެ ހިއްސާއަކަށް 40 ރުފިޔާ ބަހަން ފާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާއަކަށް 40 ރުފިޔާ ބަހަން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށައެޅި ޖުމްލަ 215 މިލިއަން ރުފިޔާ، ހިއްސާއަކަށް 40 ރުފިޔާ ދިނުމަށް ފާސްކޮށްފައެވެ. މި ޖަލްސާ ބާއްވާފައިވަނީ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު، މިއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ހިއްސާދާރުންނަށް ބެހި 20 ރުފިޔާ ހިމަނައިގެން ދޫކުރެވޭ އަދަދެއްކަމަށެވެ.

ފާއިތުވި 40 އަހަރު ބޭންކަށް އިތުބާރުކުރައްވާ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި އެންމެހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުމެން އަލަށް އެކުލަވާލި ސްޓްރެޓަޖީ އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނަށް. މި ސްޓްރެޓަޖީގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ރައްޔިތުން ހިޔާރުކުރާ ބޭންކަށްވުމަށް.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ

ކުރިން ދޫކުރި އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2022 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ބީއެމްއެލްގެ ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ލިބޭނެއެވެ.

ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާގެ އިތުރުން 2022 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ.



More from vNews