ތިރުވަނަންތަޕޫރަމްގެ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް ޝިފާނާ

Fri, 26 May 2023 04:34 PM

View on this article on vNews

ތިރުވަނަންތަޕޫރަމްގެ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް ޝިފާނާ

އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަން ކުރައްވައިފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އާމިނަތު ޝިފާނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދެވެ.

ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އައްޔަނުވުމުގެ ކުރިން ޝިފާނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ.

މީގެއިތުރުން، ޝިފާނާއަކީ ފޮރިން މިނިސްޓްރީގައި ޕާމަނަންޓް ސެކްރެޓަރީ އަދި މިނިސްޓްރީގެ އެހެނިހެން މަގާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެޑްމިނިސްޓްރޭޝަން އަދި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ތަފާތު ތަޖުރިބާތަކެއް ލިބިފައިވާ ޝިފާނާ އެންމެ ފުރަތަމަ މިނިސްޓްރީއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރުއެވެ.

އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމުގައި މީގެކުރިން ހުންނެވީ، އާމިނަތު އަބްދުالله ދީދީއެވެ. އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކަމަށްވާއިރު، އެނާއަކީ އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅެވެ.



More from vNews