ރާއްޖެއަށް ޑްރަގް އެތެރެ ކުރި ބްރެޒިލް އަންހެން މީހާގެ ބަންދަށް 30 ދުވަސް

Mon, 21 Oct 2024 08:55 PM

View on this article on Vaguthu

ރާއްޖެއަށް ޑްރަގް އެތެރެ ކުރި ބްރެޒިލް އަންހެން މީހާގެ ބަންދަށް 30 ދުވަސް

ރާއްޖެއަށް މަަސްތުވާތަކެތޖ އެތެރެ ކުރި މައްސަލަައިގައި ހައްޔަރު ކުރި ބްރެޒިލަށް ނިސްބަތްވާ އަންހެން މީހާ އިތުރު 30 ދުވަހަަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.



އުމުރުން 32 އަހަރުގެ އަންުހެން މީހާއަކީ އޮކްޓޯބަރު 5 ވަނަ ދުވަހު، ބްރެޒިލް އިން ރާއްޖެއައި މީހެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓްގައި މަސައްކަތް ކުރާ މޯލްޑިވްސް ކަސްޓަމްސް އަށް މި އަންހެން މީހާގެ ލަގޭޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގޭޖް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ލަގޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ފައްސިވެފައި ވެެއެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.44ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ހަ މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.



More from Vaguthu