ތިލަފުށީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 4 ގަޑިއިރު ފަހުން

Mon, 21 Oct 2024 07:07 PM

View on this article on Vaguthu

ތިލަފުށީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 4 ގަޑިއިރު ފަހުން
ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު 4 ގަޑިއިރު ފަހުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު މިއަދު 12:04 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 16:32 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.





More from Vaguthu