އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް މިހާރު ރާއްޖޭގެ 39 ރަށަކުން ނެގޭނެ

Mon, 21 Oct 2024 06:40 PM

View on this article on Vaguthu

އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް މިހާރު ރާއްޖޭގެ 39 ރަށަކުން ނެގޭނެ

އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް މިހާރު ރާއްޖޭގެ 39 ރަށެއްގެ ކައުންސިލް މެދުވެރިކޮށް ނެގޭނެ ކަމަަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.



އެ ވުޒާރާގެ އޮފިޝަލަކު މިއަދު "ވަގުތު"އަށް ވިދާޅުވި، މިހާރު 39 ރަށަކުން އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް ނެގޭނެ ކަމަށާއި، އެންމެ ފަހުން އެ ހުއްދަ ދިނީ 9 ރަށަކަށް ކަމަށެވެ.

އެއީ ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ބ. ކެންދޫ، ހއ. ކެލާ، ތ. ވިލުފުށި، ރ. ހުޅުދުއްފާރު، ރ. ދަރަނބޫދޫ، ގދ. ގައްދޫގެ އިތުރުން، މ. ދިއްގަރާއި، ވ. އަތޮޅު ކައުންސިލްގައެވެ.

ބައެއް ކައުންސިލް ތަކުގެ އޭރިއާ ތަކުގައި ކަނޑައެޅިފައި މިންގަނޑުން ބޭރުން އެސެސް ކުރުމެއްނެތި ލައިސަންސް ދޫކުރަމުންދާ ކަަމަށް އެ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

"ހަމަ ހަގީގަތެއް އެއީ އަޅުގަނޑުމެން ދީފައި ހުރި ބައެއް ކައުންސިލް ތަކުގެ އޭރިއާ ތަކުގައި ކަނޑައެޅިފައި އޮތް މިންގަނޑުން ބޭރުން އެސެސްކުރުމެއް ނެތި ލައިސަންސް ދޫކުރަމުން އެބަ ގެންދޭ އެކަމަކު އަޅުގަނޑުމެންގެ ސިޔާސަތަކީ ވަގުތުން ފިޔަވަޅު އެޅުމެއް ނޫން،". ވަޒީރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ ތެރޭގައި އެކަމަށް ނިޒާމެއް އެކުލަވާލައިފައިވާ ކަމަށެވެ. މި ނިޒާމުން އެ ހުއްދަ ދެވިފައި ހުރި ދާއިރާތައް އޮޑިޓު ކުރުމަށް ފަހުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރަން ވަގުތު ދިނުމަށް ފަހު ރަނގަޅު ނުވާ ކަމަށް ވާނަމަ ދެވިފައި ހުރި ހުއްދަތައް ބާތިލު ކުރާ ހިސާބަށްވެސް ދާނެ ކަމަށް ވަޒީރު ވިދާާޅުވިއެވެ.

"އަޅުގަނޑުމެން އިންޓާނަލް ނޫނިއްޔާމުން މިނިސްޓްރީ ތެރޭގައި ނިޒާމެއް، ޕްރޮސީޖާއެއް އެކުލަވާލާފީމު، މި ޕްރޮސީޖާ ހެދުމަށް ފަހު އެބޭފުޅުންގެ އޮޑިކޮށްފައި، ރަނގަޅު ކުރުމަށް އެންގުމަށްފަހު ވަގުތު ދީފައޮ، އަދި އެ ރަނގަޅު ނުކުރެވޭ ކަމަށް ވަންޔާމުން އަޅުގަނޑުމެން އެދީފައި އޮންނަ އެކްސެސް ނުވަތަ އަޅުގަނޑުމެން ދީފައި އޮންނަ ހުއްދަ ބާތިލު ކުރާ ހިސާބަށްވެސް ގޮސްދާނެ،". އަމީން ވިދާޅުވިއެވެ.



More from Vaguthu