މާލޭގެ ފިހާރައަކުން ވައްކަންކުރި 3 މީހުން ސީސީޓީވީ ފޫޓޭޖް ބަލައިގެން ހޯދައިފި

Thu, 17 Oct 2024 09:04 PM

View on this article on Vaguthu

މާލޭގެ ފިހާރައަކުން ވައްކަންކުރި 3 މީހުން ސީސީޓީވީ ފޫޓޭޖް ބަލައިގެން ހޯދައިފި

މާލޭގެ ފިހާރައަކުން ވައްކަން ކުރި ތިން މީހަކު ސީސީޓީވީ ފޫޓޭޖް ބަލައިގެން ހޯދައިފިއެވެ.



ފުލުހުން ވިދާޅުވީ ރޭ ފަތިހު 4:20 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ އިރު، މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަންކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިކަން ފާހަގަ ކުރެވިގެން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ބަލައި ދެނެގަނެ، ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހޯދައި އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެ ފިހާރަ އިން އެމީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގެރޭޓް ކާޓޫންތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ގދ. ވާދޫ، އަތަމާގެ އިހުސާން އިބްރާހިމް 26، އާއި ގދ. ވާދޫ ލިލީގެ، މުހައްމަދު ސޮބާހް 46، އަދި ރ. އިނގުރައިދޫ/ދަނބުރުއްދަށުގެ އިބްރާހިމް މުހައްމަދު ރަޝީދު 34، އެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިހްސާން 30 ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



More from Vaguthu