އާޓިފިޝަލް އިންޓެލިޖަންސާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލަނީ

Thu, 17 Oct 2024 08:33 PM

View on this article on Vaguthu

އާޓިފިޝަލް އިންޓެލިޖަންސާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލަނީ

އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން ގާނޫނީ އޮނިގަނޑަކާ އެކީގައި މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.



ރައީސް އޮފީހުން މިރޭ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި އެ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ރާއްޖޭގައި އަމަލުކުރާނެ ގާނޫނީ އޮނިގަނޑެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތައް ބަލައި މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަމަށެވެ. ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އިއްޔެގެ ވަޒީރުންގެ މަޖިލިހުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓާ ޕްލޭން އެކުލަވާލުމަށް މިކަމާ ގުޅޭ ކަރުދާސްތައް ހޯމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ވަޒީރުންގެ މަޖިލިހަށް ހުށަހެޅުމަށް ކަނޑައަޅުއްވައިފައެވެ.

ރައީސް ޑރ. މުއިއްޒު އދ. ގެ 79 ވަނަ އާއްމު މަޖިލީހުގެ ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ 2040 ވަނަ އަހަރު ރާއްޖޭގެ މިންވަންކަމަށް 75 އަހަރު ފުރޭއިރު، އެމަނިިކުފާނުގެ އަމާޒަކީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ، 2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ފުރިހަމަ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ދެކެން. އިހްތިރާމަށް އަމުރުކުރާ، ގުޅުން ހުރި، އަދި އިހްލާސްތެރިކަން ރަމްޒުކޮށްދޭ ގައުމަކަށްވުން، އިންކްލޫސިވް އަދި އިންސާފުވެރި މުޖުތަމައަކަށްވުން، ދެމެހެއްޓެނިވި ކަމާއި ޑިމޮކްރެޓިކް ވެރިކަމުގެ ނަމޫނާ ދައްކާ ގައުމަކަށްވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ރާއްޖޭގައި ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމާއި އެ ދާއިރާ އަށް އިންޑިއާގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯއްދަވަން އެކިއެކި ފަރާތްތަކާ މަޝްވަރާ ކުރައްވައިފައެވެ.



More from Vaguthu