ޓޫރިޒަމުން ނަގާ ޓެކްސް ބޮޑުކުރާ ބިލަށް މައުރޫފްގެ ތައުރީފް، ވިދާޅުވީ ބޭނުންވާ ތަރައްގީ ލިބޭނެ ކަމަށް!

Wed, 16 Oct 2024 12:25 PM

View on this article on Vaguthu

ޓޫރިޒަމުން ނަގާ ޓެކްސް ބޮޑުކުރާ ބިލަށް މައުރޫފްގެ ތައުރީފް، ވިދާޅުވީ ބޭނުންވާ ތަރައްގީ ލިބޭނެ ކަމަށް!

ޓޫރިޒަމުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްހާލަށް ތައުރީފްކުރައްވައި، އިގްތިސޯދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުން އަންނަ އަހަރު ނިމޭއިރު ގައުމު ތަރައްގީވާނެ ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.



ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ކޮންމެ ދުވަހަކަށް ނަގާ ގްރީން ޓެކްސް ބޮޑުކުރުމަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ބަހުސްގައި ވާހާކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، ފަތުރުވެރިކަމުގައި ދާއިރާތަކުން ޓެކްސް ބޮޑުކުރުމަށް ނިންމާފައިވާއިރު އެކަމުގެ މަޝްވަރާ ސްޓޭކް ހޯލްޑަރުންނާއެކު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ބަދަލު ގެނެސްފައިވަނީ އެފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެކަމުގައި ޝަކުވާއެއް ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފަރާތްތަކުން އެ ބަދަލަށް ތާއީދު ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ޓޫރިސްޓު އިންޑަސްޓްރީން މިކަމަށް އެބަ މަރުހަބާ ކިޔާ. ޓޫރިސްޓު ސަފާރީ އުޅަނދުތައް ހިންގާ ފަރާތްތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށް ސަބީލިއްލާހިއަށް މިކަމަށް އެބަ މަރުހަބާ ކިޔާ. އެހެންވީމަ ދެން އަޅުގަނޑު ވެސް ކޮންމެ ވެސް ވަރަކަށް ގެސްޓްހައުސް ހިންގަން. އެހެންވީމަ އަޅުގަނޑަށް ހީވަނީ ކުއްލިއަކަށް ތިން ޑޮލަރު ހަ ޑޮލަރަށް ބަދަލުކޮށްލުމުން 100 ޕަސަންޓުގެ ބޮޑު ބަދަލެއް ގެނައީމާ އަޅުގަނޑަށް ކުޑަކޮށް އުނދަގޫވާނެހެން ގެސްޓުން އަތުން ނަގާ ފީތައް ބޮޑުވީމަ."

އޭގެ އިތުރުން، މައުރޫފް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރެވި، ބަންކަރިންގެ ގެ ހިދުމަތް ފަށައި، ޑޮލަރުގެ މައްސަލަ ހައްލުކޮށް މި އަހަރު އެއްކޮށް ގާނޫނުތައް ބަދަލުކޮށްގެން ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ސަރުކާރުން އިގްތިސާދު ސިންދަފާތު ކުރުމަށް ކުރާ މި މަސައްކަތުން އަންނަ އަހަރު ނިމޭއިރު މުޅި ގައުމު ތަރައްގީވެގެން ދާނެ ކަަމަށާއި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ދިހަ މަސް ދުވަސް އެއްކޮށް ގާނޫނަށް ބަދަލު ގެނެސް، އިސްލާހުތައް ފާސްކުރުމުގައި ހޭދަކުރާ ސަބަބަކީ އެއީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"މި ބަދަލުތަކާއެކު ﷲ އިރާދަކުރެއްވިއްޔާ މި ގައުމު އާ އުސްމިންތަކަށް ގޮސް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީ މި އަންނަ އަހަރު ނިމެންވާއިރަށް ލިބޭނެކަމާމެދު ޝައްކެއް ނުކުރަން." މައުރޫފް ވިދާޅުވިއެވެ.

އެހެން ކަމުން ދިވެހި ރައްޔިތުން ތިބީ އުފަލުން ހެވިދިލިފައި ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ރަށްރަށުން ޕީއެންސީއަށް ވަންނަ މެންބަރުން އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި ތިބީ ކިއު ހަދާލާފައި ކަމަށް ވިދާޅުވިއެވެ.



More from Vaguthu