އިންޑިއާ އާއި ރާއްޖެއާ ދެމެެދު ފެރީ ދަތުރުތައް ފަށަނީ

Wed, 16 Oct 2024 12:02 PM

View on this article on Vaguthu

އިންޑިއާ އާއި ރާއްޖެއާ ދެމެެދު ފެރީ ދަތުރުތައް ފަށަނީ

އިންޑިއާގެ ކެރެލާ މެރިޓައިމް ބޯޑުންޗއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން ނިންމައިފިއެވެ.



ބޯޑާއި ހަވާލާދީ ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނީ ކޮއްލަމް ބަނދަރުން ރާއްޖެެއާ ދެމެދު ދަތުރުކުރާނީ 100 ފަސިންޖަރުންގެ ޖާގައިގެ ދެ ފެރީ އުޅަނދާއި 15 މީހުންގެ ޖާގައިގެ ދެ ފެރީ އުޅަނދެއް ކަމަށެވެ.

މި ހިދުމަތް ދޭނީ އަމިއްލަ ކުންފުނިތަކުންނެވެ. މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި ލޮޖިސްޓިކް ސަޕޯޓް ބޯޑުން ފޯރުކޮށްދޭނެ ކަަމަށްވެސް ބުނެފައި ވެއެވެ.

މެރިޓައިމް ބޯޑުގެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނީ ކޮއްލަމްއިން ފެރީގެ ހިދުމަތް ފެށުމަށް ކެރެލާގެ އަމިއްލަ ދެ ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

"މެރިޓައިމް ބޯޑަށް ބަލާއިރު، ފެރީ އޮޕަރޭޝަންތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި ލޮޖިސްޓިކްސް އެބަހުރި. އަޅުގަނޑުމެންނަށް ދެ އުޅަނދަކަށް ޕްރޮޕޯސަލް ލިބިފައި ވޭ. އެއް އުޅަނދުގައި 100 ފަސިންޖަރުން އަދި އަނެއް 15 ފަސިންޖަރުން ތިބެވޭނެ. މި ފެރީ ދަތުރުތަކުގެ ސަބަބުން ކޮއްލަމް ޕޯޓާއި ރާއްޖެއާ ދެމެދު މީހުން އުފުލައި، ޓޫރިޒަމާއި ވިޔަފާރި އަށް ވެސް ކުރިއެރުމެއް ލިބިގެންދާނެ،". އެ އޮފިޝަލާއި ހަވާލާދީ އެ ނޫހުން ބުނެފައި ވެއެވެ.

އަދި މިއީ ދެ ގައުމުގެ މެދުގައި އިގްތިސާދީ މުއާމަލާތްތައް އިތުރުވެގެންދާނެ ކަމެއް ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.



More from Vaguthu