މަތީ ތައުލީމް ހާސިލްކުރާ 32 ދިވެހިންނަށް ޗައިނާ އެމްބަސީން އެހީ ދީފި

Tue, 15 Oct 2024 10:05 PM

View on this article on Vaguthu

މަތީ ތައުލީމް ހާސިލްކުރާ 32 ދިވެހިންނަށް ޗައިނާ އެމްބަސީން އެހީ ދީފި

ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ދިވެހި 32 ދަރިވަރަކަށް، ޗައިނާ އެމްބަސީގެ "ޗައިނީޒް އެންބެސެޑާ ބާސަރީ" ޕްރޮގުރާމުގެ ދަށުން އެހީ ދީފިއެވެ.



މި އެހީ ލިބުނީ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުންތަކަކަށެވެ. "ޗައިނީޒް އެންބެސެޑާ ބާސަރީ" ޕްރޮގުރާމުގެ ދަށުން އެހީގެ ގޮތުގައި ކޮންމެ ދަރިވަރަކަށް 10،000ރ. ދިނެވެ.

އެހީ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އަމިއްލަ މުސްތަގްބަލުގެ އިތުރުން ދިވެހިރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، މަތީ ތައުލީމު ކުރިއެރުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއްކަމާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ގައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެކަން ވެސް ޝަފީއު ވިދާޅުވިއެވެ.

"މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ގޮންޖެހުންތަކުން އަރައިގަނެ، އަމިއްލަ މުސްތަގްބަލާއި ރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ" ޝަފީއު ވިދާޅުވިއެވެ.



More from Vaguthu