ބިންވެރިޔާ ސްކީމްގެ ދަށުން 689 ގޯތި ހަވާލުކޮށްފި

Tue, 15 Oct 2024 09:46 PM

View on this article on Vaguthu

ބިންވެރިޔާ ސްކީމްގެ ދަށުން 689 ގޯތި ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކުރި އިތުރު ގޯއްޗާއެކު، ޖުމްލަ 689 ގޯތި ވެރިފަރާތާ ހަވާލުކޮށްފިއެވެ.



ހައުސިން މިނިސްޓްރީން ވިދާޅުވީ ‏ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިތުރު 9 ގޯތި ހަވާލުކޮށްފައިވާ ކަމަށާއި އެއާއެކު މިހާތަނަށް 689 ގޯތި ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އަދިވެސް ދޫކުރަން ޖެހޭ ގޯތިތަކެއް އެބަހުއްޓެވެ.

ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އެ ގޯތިތައް ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ސްކީމްގެ ދަށުން ގުޅީފަޅާއި، ގިރާވަރުފަޅުން ލިބިފައިވާ ގޯތިތައް ހަވާލުކުރުމަށްޓަކައި ލޭންޑްޔޫސް ޕުލޭން ރިވިއުކޮށް ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް އޮތީ ސޮއިކޮށްފައެވެ. މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކާ ސަރަހައްދުން ވެސް ގޯތި ދިނުމަށް ނިންމައިފައެވެ.

 



More from Vaguthu