ބޭރުގެ ޑިޕްލޮމެޓެއްގެ ސައިކަލް ވަގަށް ނެގި މީހަކު ޖަލަށް

Wed, 10 Jul 2024 05:32 PM

View on this article on Vaguthu

ބޭރުގެ ޑިޕްލޮމެޓެއްގެ ސައިކަލް ވަގަށް ނެގި މީހަކު ޖަލަށް

ބޭރުގެ ޑިޕްލޮމެޓެއްގެ ސައިކަލް ވަގަށް ނެގި މައްސަލައެއްގައި ކުށް ސާބިތުވި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.



ކްރިމިނަލް ކޯޓުން ރ. ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާންގެ މައްޗަށް 10 މަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ އޮނަރަރީ ކޮންސުލް ޑރ. ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވަގަށް ނެގިކަމުގެ މައްސަލަ ސާބިތުވުމާއި ގުޅިގެންނެވެ.

މިމައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ވައްކަން ކުރުމުގެ 2 ދައުވާއެކެވެ. އެއީ އެ ސައިކަލު ވަގަށް ނެގުމުގެ އިތުރުން، ސައިކަލުގެ މަޑިދަށުގައި އޮތް އައިނެއް ވަގަށް ނެގި މައްސަލައިގައި ކޮށްފައިވާ ދެ ދައުވާއެވެ.

މިމައްސަލަ ކޯޓުން ބަލަމުން ދިޔައިރު، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. އަދި އޭނާ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއި އެކީ އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފައެވެ. އެހެން ކަމުން އޭނާ ވަނީ އެ އެއްބަސްވުމާއި އެއްގޮތަށް އަދަދބު ކަނޑައަޅައިދިނުމަށް އެދިފައެވެ.

އޭނާ ދައުވާތަކަށް އިއުތިރާފުވެފައިވާތީ މައްސަލަ ބެއްލެވި ގާޟީ، އާމިނަތު އަޒްލިފާ ވަނީ ބަންދުގައި އޭނާ ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު 10 މަހާއި 8 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.



More from Vaguthu