ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުން ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި!

Tue, 11 Jun 2024 05:56 PM

View on this article on Vaguthu

ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުން ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި!

ސައުދި އަރަނިއްޔާބަގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.



އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ހައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަންއާއެކު ދިވެހި ދަރިވަރުންވެސް ހައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދޭން ވަނީ ނިންމާފައެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ‏އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ވަޒީރު ޑރ. ޝަހީމް މީގެ ކުރިން ވިދާޅުވީ، ރާއްޖޭގެ ހައްޖުވެރިންނަށް އެހީތެރިކަން ދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުގައި ބައިވެރިވެވޭ ގޮތަށް ރަސްމީކޮށް ހުއްދަ ދެއްވާފައިވާ ކަމަށެވެ.

"މިކަމަކީ މިއީ ވަރަށް މުހިންމު ކަމެއް، އެނގިވަޑައިގަންނަވާނެ ފަދައިން ހައްޖުގައި، ރާއްޖޭގެ ރަސްމީ ކޯޓާގެ ތެރެއިން 1،000 މީހުން ހައްޖަށް ދާއިރުގައި އަަރަބި ބަސް ދަންނަ މީހުން، ދަތުރު ކުރާ ބަސްތަކުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް، އަރަބި ބަސް ދަންނަ މީހުން މަދުވީމަ ވަރަށް ހަމަ ދަތިތައް ދިމާވޭ".

ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ހައްޖުވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، މިއީ ކޮންމެ ކޮންމެ ގައުމަކަށް އެގޮތަށް ފަހިވެފައި އޮންނަ ފުރުސަތެއް ނޫން ކަމަށެވެ.

"އެހެން ނޫނިއްްޔާ މި އޮންނަނީ ސައުދި އަރަބިއްޔާގެ ރައްޔިތުންނަށްވެސް އަދި ކިޔަވަން ތިބޭ ކުދިންނަށްވެސް ކޮންމެ ފަސް އަހަރަކު އެއްފަހަރުގައި ހައްޖުގައި ބައިވެރިވެވޭ ގޮތަށް، ނިޒާމުގެ ތެރޭގައި ހަމައްސަވާފައި އޮންނަނީ. އަޅުގަނޑުމެންނަށް ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި މިކަން ހަމަޖައްސަވާ މި ދެއްވީ. މީގެ ސަބަބުން ހާޖީންނަށް ވަރަށް ބޮޑު ފަަަސޭހައެއް ލިބިގެން ދާނެ،". ވަޒީރު ވިދާޅުވިއެވެ.



More from Vaguthu